Home » , » ނަފުސަނީ ބަލިތަކުގެތެރެއިން ބިރުގަތުމާއި، ގޮތްހުސްވުމަށް އަވަސް ނަޒަރެއް

ނަފުސަނީ ބަލިތަކުގެތެރެއިން ބިރުގަތުމާއި، ގޮތްހުސްވުމަށް އަވަސް ނަޒަރެއް

Written By Afey Afra on Sunday 21 September 2014 | 01:44
















ބިރުގަތުމާއި ހާސްވުމާއި ގޮތްހުސްވުން ފަދަ ކަންކަމަކީ އާއްމު ދިރިއުޅުމުގައި ބުއްދި ސަލާމަތުން ހުރި އިންސާނަކަށް ވީތީ ކުރިމަތިލާން ޖެހޭނެ ކަންކަމެވެ. ނަމަވެސް އާއްމު އުސޫލުން ބޭރުން ކަންކަން ހިންގަމުންދާނަމަ ނުވަތަ ދިމާވަމުން ދާނަމަ އެއީ ހަމަނޫން ކަންކަން ކަމުގައި ކަނޑައެޅިދާނެއެވެ. އެގޮތުން ބުނެވިދިޔަ ޒާތުގެ ބިރުގަތުމާއި ހާސްވުން ފަދަ ކަންކަމަކީވެސް އާއްމު އުސޫލާއި ހިލާފަށް ހިނގާ ކަންކަންމަށްވާނަމަ ނަފްސާނީ ބައްޔެއްގެ ގޮތުގައި ގިންތި ކުރެވިދާނެއެވެ.

ބިރުގަތުން
ބިރުގަންނަ ގަތުމަށް ބަލާއިރު އާއްމު މީހާ ކުރާ އާދައިކަންކަން ހަޤީޤަތާއި ހިލާފް ކުއްހީތަކަކާއި އެކު ބިރުގަނެ އަނެއް މީހާއަށް ކުރަން ނުކެރުމަކީ ނަފްސާނީ ބައްޔެކެވެ. އެގޮތުން މިފަދަ ބަލިތަކުގެ ޝިކާރައަށްވެފައިވާ މީހުންގެ މިސާލަށް ބަލާއިރު، މަތިންދާ ބޯޓުން ދަތުރުކުރަން ނުކެރޭ މީހުންނާއި، އެކަނި ގޭގައި އިންނަން ނުކެރޭ މީހުންނާއި، ކަޅު ބުޅަލެއް ހުރަސްކޮށްފި ނަމަ މަގުމަތީގައި ކުރިއަށް ދިޔުމަށް ބިރުގަންނަ މީހުން ފަދަ މިޒާތުގެ އެތަކެއް ވައްތަރެއް އުޅެއެވެ.

މިއާއި އެކު ވަކި މީހަކު ދެކެ ބިރުގަންނަ ގަތުމަކީވެސް މިފަދަ ބައްޔެއް ކަމުގައި ބުނެވިދާނެއެވެ. އެގޮތުން ވަކި މީހަކު ކުރިމަތީގައި އިންނަ ގަޑީގައި އާއްމުކޮށް އުޅޭ އުޅުމަށް ބަދަލު އައުމާއި، ވަކިމީހަކު ހާޟިރުގައި ހިޔާލާއި ޝުއޫރެއް ފާޅުކުރަން ނަވަތަ ވަކި އަމަލެއް ކުރަން ބިރުގަތުން ވެސް މިފަދަ ބަލިމަޑުކަމުގެ ތެރޭގައި ހިމެނެއެވެ. މިފަދަ ކަންކަމުގެ ޝިކާރައަކަށް ވެގެން ދަނީ މާޒީގައި ހިނގާފައިވާ ހަދިޘާއަކާއި ގުޅިގެން ނުވަތަ، ލިބިފައިވާ މައުލޫމަތަކާއި ގުޅިގެން ނުވަތަ، ބޯދާ ހިޔާލުގެ ތެރެއިން އުގަންނައިދީފައިވާ އުގަންނައިދިނުމެއްގެ ސަބަބުންނެވެ.

ގޮތް ހުސްވުން
އާދަޔާއި ހިލާފަށް ހާސްވުމާއި ގޮތްހުސްވުމަކީ ނަފްސަނީ ބަލިތަކުގެ ތެރޭގައި ގިންތިކޮށްފައިވާ ޖަޒްބަތީ ބައްޔެކެވެ. އެގޮތުން މިފަދަ ކަންކަން ތަހައްމަލު ކުރާމީހުން އެއްވެސް ކަހަލަ އޮޓަރު ހުރި ސަބަބެއް ނެތި ހާސްވެ ކަންބޮޑުވެ މީހާ ގޮތްހުސްވެދެއެވެ. އާއްމުގޮތެއްގައި މިފަދަ ކަންކަން  ދިމާވުމުން މޭގައި ރިއްސުމާއި، ދާހިއްލުމާއި، އެނބުރުން އެރުން ފަދަ ކަންކަން ދިމާވެއެވެ. އާއްމު ދިރިއުޅުމުގެ ތެރޭގައި މީހާ ހުރެފައިވެސް ހިތަށްވެރިވާ އެއްޗަކުން "ކުއްލި ހަމަލާއަކާއި" އެކު ގޮތްހުސްވެ، ކަނބޮޑުވެއެވެ.

މިފަދަ ހަމަލާތައް އަންނާނީ ހަފްތާ އަކު އެއްފަހަރު ނުވަތަ ބައެއް ފަހަރު އެއަށްވުރެ ގިނައިންނެވެ. އާއްމުގޮތެއްގައި ނިދުމުގެތެރޭގައި އެއްވެސް ކަހަލަ އުޒުރެއް ނެތި މިފަދަ މީހުންނަށް ހާސްވުމުގެ ހަމަލާއާއި ކުރިމަތިލާން ޖެހެއެވެ.

މާޒީގެ ހިތި ހަނދާން
ހިތުން ފިލައިގެންދާ ޖެހޭ އެއްޗެހި ފިލައިގެން ނުގޮސް ދިގުލައިގެން ދިޔުމަކީ ބޮޑަތި މީހުންގެ ތެރެއިން ގިނަބަޔަކަށް ދިމާވާ ބަލިމަޑުކަމެކެވެ. ކުރިންދެނެވުނު ހާސްވުމުގެ ވައްތަރާއި ތަފާތުކޮށް މިފަދަ ކަންކަން ދިމާވަނީ ހަޤީޤަތަކާއި ގުޅިގެންނެވެ. އެގޮތުން ކުރިން ހިނގާފައިވާ ކަމެއް، ހާއްސަކޮށް ހިތާމަވެރި، ބިރުވެރިކަމެއް ލޮލުންދެކި އަތުންހިފައި އަމިއްލައަށް ތަޖުރިބާކުރެވިފައިވުން ނުވަތަ، ކޮންމެވެސް ޒަރިއްޔާއަކުން މިފަދަ ކަމެއްގެ ހަބަރު އެނގި، އެފަދަ ކަންކަން ހިތުންފިލައި ނުގޮސް ފަހުން ހިތަށް އެރުމެވެ.

އެގޮތުން ވަރަށް ގާތް ލޯބިވާ މީހަކު ނިޔާވުމުން އެކަންތައް ހިތުން ފިލައިގެން ނުގޮސް ބައްޔަކަށް ވުން، ސުނާމީ ނުވަތަ ބޮޑު އެކްސިޑެންޓެއްގެ ހާދިޝާ އަބަދާއި އަބަދު ހިތަށްއަރާފައި ގޮތްހުސްވެ ދެރަވުން، ހީނުކުރާފަދަ ގޮތަކަށް ބައިވެރިޔާ ގެއްލުން ފަދަ ކަންކަމަކީ ހަނދާން އާވެގެންދާނެ ހިތްދަތި ކަންކަމެވެ.

މާޒީގެ ހިތި ހަނދަނާއި ގުޅިގެން "ދަތްދޮޅީގައި އަތްވިއްދޭ" ގިނަމީހުން ކަމުގެ ކުޑަބޮޑުމިނަށް ބަލާފައި އަލުން އަނބުރާ ކުރިން ހުރިހާލަތަށް ޖަޒުބާތުތައް ރުޖޫއަވެއެވެ. އާއްމު ގޮތެއްގައި ހާދިޘާ ހިނގާތާ މަސްދުވަސް ފާއިތުވުމަށްފަހުވެސް ހިތްދަތިކަމުން މިންޖުނުވެ ހިނގައްޖެނަމަ ނަފްސާނީ ބައްޔެއްގެ ގޮތުގައި ބެލެވޭނެއެވެ.

އަދި ތިންމަހަށްވުރެ ދިގުވެގެން ގޮސްފިނަމަ، އެންމެ ނުރައްކާ ދަރަޖައަށް ދިޔައީކަމަށް ނަފްސާނީ ޑޮކްޓަރުން ވިދާޅުވެއެވެ. މިގޮތުން އެންމެ ނުރައްކާ ދަރަޖައަށް ދާމީހުންގެ ތެރެއިން މަދުބަޔަކު އަލުން އަނބުރާ ރުޖޫއަ ކުރެވޭއިރު، ގިނަބަޔަކު އެމީހުންގެ ހަޔާތުގެ ބާކީ ސަފްހާތައް ލިޔަމުން ގެންދަނީ ނަފްސާނީ ބަލިމީހެއްގެ ގޮތުގައި "ކުރިމަރުވެފައިވާ" މީހެއްގެ ގޮތުގައެވެ.


ފެށުމުގެ ގޮތުން ދެންނެވުނުފަދައިން އިންސާނަކަށް ވީތީ ބިރުގަތުމާއި، ދެރަވުމާއި، ހިތަމާއި ކުރުމާއި، ކަންބޮޑުވުމާއި ހާސްވުން ފަދަ ޖަޒުބާތުތަކުގައި ފަތަންޖެހެއެވެ. ނަމަވެސް އާއްމު އުސޫލާއި ހިލާފަށް އެކަންކަން ހިނގަމުން އައިސް ހިކިފަސްތަނަކަށްނޭރި ގިނަދުވަސް ވާނަމަ އާޚިރުގައި ނަފްސާނީ ބަލިމަޑުކަމުގެ ތެރޭގައި ގަރަގުވާގޮތްވެއެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved