Home » , » އިޤުތިސާދީ ކުރިއެރުމާއި އިޤުތިސާދީ ތަރައްޤީގައި ތަފާތެއްވެޔެވެ.

އިޤުތިސާދީ ކުރިއެރުމާއި އިޤުތިސާދީ ތަރައްޤީގައި ތަފާތެއްވެޔެވެ.

Written By Afey Afra on Friday 5 September 2014 | 23:18








އިގުތިސާދީ ކުރިއެރުމަކީ ކޮބާހެއްޔެވެ. އިގުތިސާދީ ތަރައްޤީއަކީ ކޮބާހެއްޔެވެ. މިދެކަންތަކަކީވެސް ދާދި އެއްގޮތްކޮށް ގުޅިލާމެހިފައިވާ ދެކަންތަކެވެ. ނަމަވެސް މިނުމުގައި ނުވަތަ ވަޒަންކުރުމުގައި ބޮޑަތި ތަފާތުކެއްވެސް ހުރި ދެކަންތަކެވެ.

ބޮޑުވަމުން އަންނަ އިންސާނާ އަހަރަކު އެއްފަހަރު އިންޗިއަކަށް ދިގުވާފަދައިން އަދި އެއިންސާނާއަށް އަހަރުން އަހަރަށް ފުރިހަމަ ކުރުމަށް ބޭނުންވާ އެހެނިހެން ކަންތަތަކެއްވާފަދައިން ތަރައްޤީވަމުން އަންނަ ގައުމެއްގައި އިޤުތިސާދީ ކުރިއެރުމާއި އިގުތިސާދީ ތަރައްޤީއަކީ މުހިންމުތެކަންތަކެވެ.
އިޤުތިސާދީ އުފެއްދުންތެރިކަން (ޖީޑީޕީ) އުފެއްދުންތެރިކަން ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު އަދި ބޮލަކަށް ޖެހޭ އާމުދަނީގެ ހިސާބު ކިތާބުތައް ވަޒަންކޮށްދެނީ އިޤުތިސާދީ ކުރިއެރުމެވެ. އަހަރުން އަހަރަށް މީގެން މިންވަރެއް ކުރީ އަހަރާއި އަޅާ ބަލާއިރު މަތިވެއްޖެނަމަ އިޤުތިސާދަށް ކުރިއެރުމެއް އަތުވެއްޖެއޭ ބުނެވިދާނެއެވެ.

ނަމަވެސް އިޤުތިސާދީ ތަރައްޤީއަކީ މިއަށްވުރެ ފުޅާދާއިރާއެއްގައި މިނާމިނުމެކެވެ. އިޤުތިސާދީ ތަރައްޤީ މިނެކިރުމުގައި ހިމެނޭ އާއްމު ކަންކަމަކީ މިދެންނެވުނު އުފެއްދުންތެރިކަން ހުރި މިންވަރުގެ އިތުރުން އުމުރާނީ، އިޖުތިމާއީ، އަދި އިންސާނީ ވަސީލަތްތައް ހުރިމިންވަރު އިތުރުކުރާ ކުރުމެވެ.

އެގޮތުން އިގުތިސާދީ ތަރައްޤީ މިނުމުގައި އާއްމު ގޮތެއްގައި މިނެކިރާ ކަންކަމުގެ ތެރޭގައި ޖީޑީޕީގެ އިތުރުން ތައުލީމީ ހާލަތާއި، ފަޤީކުރަން ހުރި މިންވަރާއި، ޅަފަތުގައި މަރުވާ މިންވަރާއި، ދަތުރުފަތުރާއި، ސިއްހީ ހިދުމަތްތުގެ ހާލަތާއި، ލިޔަންކިޔަން ދަތުމާއި ނުދަތުން ހުރިން މިންވަރާއި، ޖިންސީ ތަފާތުކުރުން ހުރި ނެތްގޮތާއި، ވަޒީފާއަދާކުރާ މީހުންގެ ނިސްބަތާއި،  މީގެ އިތުރުން ސިޔާސީ، އިޤުތިސާދީ އަދި އިޖުތިމާއި ކަންކަމުގައި އަންހެނުން ބައިވެރިވާ މިންވަރާއި އެމީހުންނަށް ހުރި ފުރުސަތުތައް ވަޒަން ކުރެއެވެ.

 އިޤުތިސާދީ ތަރައްޤީ މިނެކިރުމުގައި މިވަގުތު އެންމެ އާއްމުކޮށް ބޭނުންކުރާ ފަހުގެ ކޮންސެޕްޓަކީ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (ޢެޗް.ޑީ.އައި) އެވެ. އެޗްޑީއައި އަކީ 1990 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އިން ތައާރަފްކުރި ކޮންސެޕްޓެކެވެ. މީގައި މަތީގައި ބުނެވިދިޔަ ދާއިރާތައް ތަރައްޤީވެފައިވާ މިންވަރު މިނެކިރާނެއެވެ.

އެހެންކަމުން އިޤުތިސަދީ ކުރިއެރުމަކީ ޖީޑީޕީ މަތިވުމެވެ. އަހަރުން އަހަރަށް ޖީޑީޕީ މަތިވެގެން ދިޔަނަމަވެސް އެތެރޭގައި ހުރި ތަރައްޤީ ވަޒަން ކުރެވޭނީ އެޗް.ޑީ.އައި ގެ ނަތީޖާ ދައްކާގޮތަކުންނެވެ.

 ތަރައްޤީވަމުން އަންނަ ގައުމުތަކުގައި މަދު އިންޑަސްޓްރީތަކަކުން އިޤުތިސާދު ނަގަހައްޓަމުން އަންނައިރު އަދި އެފަދަ އިންޑަސްޓްރީތަކަކީ މަދު މުއްސަދިންގެ އަތްދަށުގައިވާ ތަންތަނަށްވާއިރު، އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރުގެ ބޮޑުބައެއް ވަދެގެން ދަނީ އެފަދަ އިންޑަސްޓްރީތައް ޑޮމިނޭޓް ކުރާ މީހުންގެ ޖީބަށެވެ. އެހެންކަމުން ޖީޑީޕީއަކީ މުޅިގައުމުގެ އިގުތިސާދުގެ ޖުމްލަ ކުރިއެރުމެވެ. އިޤުތިސާދީ ތަރައްޤީގެ ހަޤީޤީ ވަޒަންކުރުމަކީ އެޗް.ޑީ.އައި އެވެ.


އިންސާނާ އިންޗިއަކަށް ދިގުވާ ދިގުވުމަކީ އިޤުތިސާދީ ކުރިއެރުމުގެ މިސާލެވެ. އެއިންސާނާގެ އެތެރޭގެ ސިއްހީ ހަލަތާއި، ލިބިފައިވާ ތައުލީމާއި، ވިސްނުމުގެ ކުރިއެރުމަކީ އިޤުތިސާދީ ތަރައްޤީގެ މިސާލެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved