Home » , » ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށްޓަކައި ކުދީނާފަތާއި ފެން

ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށްޓަކައި ކުދީނާފަތާއި ފެން

Written By Afey Afra on Tuesday 1 October 2013 | 20:06

ޝަޒާގެ ބިއުޓީ ކޮލަމް
ހަނގަނޑު އޮމާންކޮށް ބެހެއްޓުމަށްޓަކައި ތަފާތު އެކިއެކި ބާވަތްތައް ބޭނުންކޮށްގެން ފަރުވާ ހޯދެއެވެ. އެގޮތުން މިފަހަރުގެ ސެގްމަންޓްގައި މިހިމަނާލަނީ ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށްޓަކައި ކުދީނާފަތުން ހޯދިދާނެ ފަރުވާއާއި އަދި މިކަމުގައި ބޯފެން އަދާކުރާ ދައުރެވެ.

ކުދީނާ ފަތަކީ ފިނިކޮށްދޭ މާއްދާތަކެއް އެކުލެވިގެންވާ ފަތެކެވެ. ބޭނުންވާވަރަށް ކުދީނާ ފަތް މިކްސަރ އަކުން ޗިސް ކޮށްލާފައި ޕޭސްޓެއް ހެދުމަށްފަހު ނިދުމުގެކުރިން މޫނުގައި އުގުޅާލައިގެން ނިދާލާށެވެ. ދެން ހެނދުނު ހޭލުމަށްފަހު މޫނު ދޮވެލާށެވެ. މިހެން ހެދުމުން ބިހިތައް ރަގަޅުވެ މޫނު އޮމާން ވާނެއެވެ. އޮމާން ސާފު ހަންގަނޑެއް ބޭނުންނަމަ ދެތިން މޭޒުމަތީސަމުސާގެ ލުބޯ ހުތް ކުދީނާ ފަތުގެ ޖޫހާއި އެއްކޮށްލުމަށްފަހު މުޅި ހަށިގަނޑުގައި ހާކާލާށެވެ. މި މިކްސްޗަރ ހިކުނީމައި ރަގަޅަށް މުޅި ގައި ދޮވެލާށެވެ. މީގެ ސަބަބުން ހަންގަނޑު ގިނިވެ އޮމާންވާނެއެވެ.



ފެނަކީ ރަގަޅު ސިއްޙަތެއްގައި ހުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއް މާއްދާއެވެ. ދުވާލަކު މަދުވެގެން 8 ނޫނީ 10 ތަށީގެ ފެން ބޯމީހެއްގެ ހަންގަނޑު ކުރަކި ވުމުން ސަލާމަތްކޮށް އޮމާންދޭނެއެވެ. އަދި ކޮކާކޯލާ ފަދަ ފިޒީ ބުއިންތަކުން ދުރުހެލިވެ ތާޒާ ފެން ބޯން އާދަ ކުރާށެވެ. އެހެންނޫނީ ތާޒާ ފެނުގެ ތެރެއަށް ކިއުކަމަބަރ، ލުބޯ ނޫނީ ސްޓްރޯބެރީ ފަދަ މޭވާ ފޮތިކޮށްގެން އަޅާލުމަށްފަހި "ފްލޭވާރޑް ވޯޓަރ" ހަދައިގެން ބޯށެވެ.

ޝަޒާގެ ފަހުގެ ލިޔުންތަކުން
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved