Home » , » ހަންގަނޑު ޗާލުކޮށް ބެހެއްޓުމަށްޓަކައި ރީނދުލާއި ޓޯމާޓޯ

ހަންގަނޑު ޗާލުކޮށް ބެހެއްޓުމަށްޓަކައި ރީނދުލާއި ޓޯމާޓޯ

Written By Afey Afra on Wednesday 18 September 2013 | 17:03

ޝަޒާގެ ބިއުޓީ ކޮލަމް
ހަން ރީތިވެފަ އޯމާންވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. ނަމަވެސް އުޅެންޖެހޭ ބުރަ ކަމުން ގިނަ މީހުނަށް އޮންނަނީ ހަމަށް ދޭންޖެހޭ އަޅާލުމާއި ފަރުވާ ނުދެވިފައެވެ. މީގެ ނަތީޖާއަކީ ހަންގަނޑު ކުރަކިވެ ހިކޭގޮތް ދިމާވުމެވެ. އަދި މޫނުގައި ބިއްސާއި އޮޝާޅަ ނެގުން ވެސް އެއީ ދުރަށްވުރެ ގާތް ކަމެކެވެ. ހަންގަނޑު ކަޅުވެ، ބިހިނަގައި' ކަޅު ލައްތަކުގެ ޝިކާރައަކަށްވެ ހަންގަނޑު ކުރަކިވާނަމަ ހާސްވެނުލައްވާށެވެ. މިފަދަ މައްސަލަ ތަކުން ސަލާމަތްވުމަށްޓަކައި ގޭގައި ފަސޭހައިން ތައްޔާރުކޮށް ބޭނުންކޮށްލެވޭނެ ފަރުވާތަކެއްވެއެވެ.

ތާޒާ ރޯ ޓޮމާޓޯ އަކީ އޭގެ ޒާތުގައި ހަންގަނޑު ސާފުކޮށް ހަމުގައި ހުންނަ ވަޅުތައް ކުޑަކޮށްދީ، ހަން އޮމާން ކޮށްދޭ މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ދޭއް ނޫނީ ތިން ތާޒާ ޓޮމާޓޯ މިކްސާރ އަކުން ގިރާލުމަށްފަހު އޮލަ ޕޭސްޓެއް ހަދާށެވެ. ދެން މިޕޭސްޓް މުނާއި އަތުގައި ރަގަޅަށް ހާކާލުމަށްފަހު ފަހެއް ނޫނީ ހަ މިނިޓް ވަންދެން ބަހައްޓާށެވެ. ވިދާ އޮމާން ހަންގަނޑެއް ބޭނުންނަމަ މިރިމެޑީ ދެތިން ހަފްތާ ވަންދެން ބޭނުންކުރާށެވެ. ތާޒާ ޓޮމާޓޯ ޕޭސްޓްއަކީ ބިހި ރަގަޅުކުރުމުގައި ވެސް ވަރަށް މުހިންމު ބައެއް އަދާ ކުރާ އެއްޗެކެވެ.

ރީނދުލަކީ ހަމުގެ ބަލިތަކުގެ އައްޑަނައެއްގެ އިތުރުން ހަމުގައިހުންނަ ލައްތައްވެސް ފޮހެލަދޭ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މިއީ ރީތި އޮމާން ހަންގަނޑެއް ލިބިގަތުމަށްޓަކައި އެންމެ އާންމުކޮށް ގޭގައި ތައްޔާރުކޮށްއުޅޭ ފަރުވާއެވެ. އާންމުކޮށް ރީދޫ އުގުޅާ މީހުންގެ މޫނުގެ ހަންގަނޑު އިތުރަށް އަލިވެފައި އޮމާންވެއެވެ. ރީދޫ ޕޭސްޓް ތައްޔާރު ކުރުމަށްޓަކައި އެކެއް ނޫނީ ދެ ސަމުސާ ރީދުލާއި ބައި ޖޯޑު ކިރު އެއްކޮށްލާށެވެ. ދެން މިޕޭސްޓް މޫނާއި ކަރުގައި ރަގަޅަށް އުގުޅާފައި ދިހަ މިނިޓްވަންގެ ބަހައްޓާށެވެ. ދިހަ މިނިޓް ވީމައި މޫނު ދޮވެލުމަށްފަހު ހިއްކާލާށެވެ. ދެތިން ހަފްތާ ވަންދެން ކޮންމެ ދުވަހަކު މި ޕޭސްޓް ބޭނުން ކުރުމުން ހިތްހަމަޖެހޭ ނަތީޖާއެއް ފެންނަންފަށާނެއެވެ.
ލޯކައިރި ކަޅުނަމަ ރީދުލާއި ތާޒާ އަލަނާސި ދިޔަ ފޮދެއް އެއްކޮށްލައްވައިގެން ޕޭސްޓެއް ހެދުމަށްފަހު ލޯ ކައިރި ކަޅުވެފައިވާ ސަރަހައްދުގައި އުގުޅާލާށެވެ.
ހަންގަނޑު މާބޮޑަށް ހިކި ކުރަކިވެފައި ވާނަމަ ރީދުލާއި ކެލާ ކިރުފޮދެއްގެ ތެރެއަށް އެއްކޮށްގެން ޕޭސްޓެއް ހެދުމަށްފަހު ހަފުތާއަކު ތިން ފަހަރު ބޭނުން ކުރާށެވެ.

ހަނގަޑު ކުރަކިވެ ހަލާކުވާން ދިވާމާ ސަބަބުތައް:
1.    ފިނި މޫސުން    
2.    އަވި
3.    ހޫނު ފެނުން ފެންވެރުން
4.    ސައިބޯނި އަދި ޝަވާ ޖެލް
5.    ހަންގަނޑު ސްކްރަބް ކުރުން
6.    އުމުރުން ދުވަސް ވުން
7.    ހަމާ ނުގުޅޭ ސާމާނު ބޭނުން ކުރުން
8.    ސިއްޚީ ހާލަތު 
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved