Home » , » އިސްލާމްދީން ހިޖުރަކުރުން - ހިންދޫންގެ ދޯހަޅި ނިޒާމް ފޫވެއްޓުން

އިސްލާމްދީން ހިޖުރަކުރުން - ހިންދޫންގެ ދޯހަޅި ނިޒާމް ފޫވެއްޓުން

Written By Afey Afra on Sunday 1 September 2013 | 02:34

ހިންދޫޒަމް ނުވަތަ ހިންދޫންގެ ދީނަކީ ބުނެވޭ ގޮތުގައި އެތަކެއްހާސް އަހަރު ކުރިން ފެށިގެން މީހުން ތަބާވެގެން އަންނަ ދީނެކެވެ. ހިންދޫޒަމް އެތަނެއްގައި އުފެދުނީއްސުރެ އަދިއަދަށް ދާންދެންވެސް އޮތީ ހަމައެކަނި އަވައްޓެރި އިންޑިއާގައެވެ. ސަބަބަކަށް ވެފައިވަނީ ހިންދޫޒަމް އަކީ އިންޑިއާގެ ސަޤާފަތާއި ބޯދާ ނިޒާމް އާއި ވަކިކުރެވި އެހެންތަނަކަށް ގެންދެވޭނެ ޤާބިލްކަން ހުރި ދީނެއްނޫނެވެ. މޯރަލް އަދި އެތިކަލް ހަމަތަކުން ބަލާއިރު ދުނިޔޭގައި އެހެން ގައުތަކުގެ ސަޤާފަތަށް އެއްވެސް ވަރަކަށް ހިމުންވާނޭކަމަކަށް ނުބެލެވެއެވެ.


ހިންދޫ ނިޒާމް މައިގަނޑު ގޮތެއްގައި ތިން ބަޔަކަށް ބަހާލާފައިވާއިރު އެންމެ މުހިންމު ދެބަޔަކީ ޕްރަޝާތަސް އަދި ވަރުނާ ސިސްޓަމެވެ. ޕްރަޝާތަސް އަކީ ހަޔާތުގެ ލަނޑުދަނޑިތަކެވެ. ހަޔާތުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތަތައް ތެރޭގައި "ދަރުމާ" "އަރުތާ" އަދި "ކާމާ" ހިމެނެއެވެ. ދަރުމާ އަކީ އެމީހުންގެ ހަޔާތުގެ މައިގަނޑު އަސާސެވެ. އަދި އެމީހުން ގަބޫލު ކުރާ ހެޔޮ ރަނގަޅު ގޮތްތަކަށް އުޅުމަށް ބުނެދެވިފައިވާ ބުނެދިނުމެވެ. އަރުތާ އަކީ ފައިސާ އައި މުދާވެރިކަން ހޯދުމަށް މަސައްކަތްކުރެމެވެ. ކާމާ އަކީ ޝަހްވަތްތެރިކަމާއި ލައްޒަތު އެކުލެވިގެންވާ ބައެވެ. ހިއުމަން ސެކްޝުއަލް ބިހޭވިއާރގެ މައްޗަށް ލިޔެފައިވާ ފޮތް ކާމާސުތުރާއަކީ ކާމާގެ މުހިންމުކަން ހާމަކުރުމަށް އެމީހުން އުފެއްދި އުފެއްދުމެކެވެ.
ވަރުނާ ސިސްޓަމަކީ އިންސާނުން އެކިއެކި ފަންތިތަކަށް ގިންތި ކުރުމަށްޓަކައި ހިންދޫން ޤަބޫލު ކޮށްގެން އުޅޭ ނިޒާމެކެވެ. އެގޮތުން ބުރަހްމިންއަކީ އެންމެ މަތިވެރި މީހުންނެވެ. އެމީހުން ބުނަގޮތުން ބުރަހްމިން އަކީ އެމީހުންގެ ކަލާންގެ ބޮލުން އުފައްދާފައިވާ ނަސްލެކެވެ. ޝަތްރިޔާ އަކީ ދެވެނަ އަށް ދަރަޖައިގެ ގޮތުން މަތީ މީހުންނެވެ. މިފަދަ މީހުންނަކީ ހިންގުމާއި ކަންކަން ތަންފީޒު ކުރުމުގައި އުޅޭ މީހުންނެވެ. އެމީހުން ޤަބޫލު ކުރާ ގޮތުގައި އެމީހުންނަކީ އެމީހުންގެ ކަލާންގެ ކޮނޑުން އުފައްދާފައިވާ ދަރިކޮޅެވެ. ތިންވަނަ އަށް ގިންތި ކޮށްފައިވަނީ ވައިޝިޔާ އެވެ. އެއީ އެމީހުން ޤަބޫލު ކުރާ ގޮތުގައި ކަންލާގެ ފަލަމަސްގަނޑުން އުފައްދާފައިވާ މީހުންނެވެ. އެމީހުންގެ ޑިއުޓީ އަކީ ފިޔަވާރި ކުރުމުގައި އެކިއެކި ހިދުމަތްތައް ފޯރު ކޮށްދިނުމެވެ. ސުދުރާ އަކީ އެންމެ ދަށު ދަރަޖައިގެ މީހުންނެވެ. ހިންދޫންގެ ނިޒާމް ބުނާގޮތުން އެފަދަ މީހުންނަކީ އެމީހުންގެ ކަލާންގެ ފައިތިލައިން އުފައްދާފައިވާ ބައެކެވެ. އެމީހުންގެ މަސައްކަތަކީ ގުލާނު ކުރުމާއި، އެންމެ އާދައިގެ ހަޑި މަސައްކަތްތައް ކުރުމެވެ.

ހިންދޫންގެ ނިޒާމް މިފަދަގޮތަކަށް ބައްޓަންކޮށްފައިވާ އިރު އެމީހުންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނީ ގޮންޖެހުމާއި އެކު އެހެން ދީންތައް ފެތުރިގަތްލެއް އަވަސްކަމެވެ. އަދި ހިންދޫ ދީން ޤާބޫލުކުރާ ގިނަބަޔަކުވެސް ދީންގަބޫލު ކުރިކަމުގައި ވީނަމަވެސް އެނިޒާމުގެ ތެރެއިން އަންނަ ވަރުނާ ސިސްޓަމް ނުވަތަ ތަފާތު ކުރުންތަކާއިއެކު ދިރިއުޅުމަށް ދެކޮޅު ހެދުމެވެ. ކުރީ ޒަމާނުގައި އިންޑިއާގައި ހުރި ފަޅު ސަހަރުތައްކަމަށްވާ، ހައިދަރު އާބާދު، އަހުމަދުއާބާދު އަދި ސިކަންދަރު އާބަދު ފަދަ ބިޔަ ތަންތަނަށް މުސްލިމުން ހިޖުރަކޮށް އެތަންތަން އާރާސްތުކޮށް ސިޓީތަކަށް ހެދުމުގައި މުސްލިމުންގެ ހިއްސާބޮޑުވެގެން ދިޔައެވެ. އަދި މުސްލިމުންގެ ތެރޭގައި އޮންނަ އެއްބައެއްވަންތަކަމާއި، ހަމަހަމަކަމާއި، އުޚުއްވަތްތެރިކަމުގެ ސިފަތަކުގެ ސަބަބުން މުސްލިމުންގެ އާބާދީ ބޮޑުވަމުން އައެވެ. މުސްލިމުންގެ އާބާދީ ބޮޑުވަމުގެ އަސްލަކީ މުސްލިމުންގެ ހަމަހަމަކަމާއި އެއްބައެއްވަންތަކަން ފެނި ހިނދޫންގެ ތެރޭގައި ތިބި ސުދުރާސް ނުވަތަ އެންމެ ދަށުފަންތީގައި ތިބި މީހުން އެދީން ދޫކޮށް އިސްލާމް ދީނަށް ވަންނަމުން ދިޔުމެވެ. އަދި މީގެ އިތުރުން މުސްލިމުންގެ ނުފޫޒު ހިންދޫންގެ މައްޗަށް ފޯރުވި ސަބަބުތަކުގެ ތެރޭގައި ތައުލީމާއި، ފަންނުވެރިކަން ހިމެނެއެވެ. އިސްލާމުންގެ އިތުރުން އިންޑިއާގައި ފެތުރިގެން ދިޔަ ދީންތަކުގެ ތެރޭގައި ބުޑިސްޓުންނައި ކުރިސްޓިއަން ހިމެނެއެވެ.

ފާހަގަކޮށްލަން ޖެހޭކަމަކީ އިންސާނީ ހަލާރާތްތަކުގެ ތާރީހުތައް އިންޑިއާގައި ބެލެން އޮތް އެންމެ ދުރަށް ބަލާއިރު ހިނދޫޒަމަކީ އެގައުމަށް އުފަން އެއްޗެއްކަމެވެ. އަދި އިންޑިއާގައި އެކިއެކި މިލަތްތައް ފެށިގެން މިއަދާއި ހަމައަށް އައީވެސް ހިންދޫޒަމްއާ އެކީގައިކަމަށާއި އެހެނިހެން ދީންތައް އިންޑިއާއަށް ހިޖުރު ކުރީ މާފަހުންކަމަށް ތާރީޚްބުނެއެވެ. ހިންދޫޒަމްގައި ހުރި ދެއުޅިއެއްނުވާ ތަފާތުކުރުންތަކަށް ގޮންޖެހުމަށްޓަކައި އެތަކެއް ދީންތަކެއް އިންޑިއާއަށް ހިޖުރަކުރިއުރު ފެންނަން އޮތް ހަޤީޤަތަކީ މިއަދު ހިންދޫންގެ ފަހަތުން އިންޑިއާގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ހިއްސާކުރަނީ މުސްލިމުންކަމެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved