Home » » އެންޖެލެމޭން ސިންޑްރޯމް އަކީ މަންމަގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ބައްޔެއް

އެންޖެލެމޭން ސިންޑްރޯމް އަކީ މަންމަގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ބައްޔެއް

Written By Afey Afra on Wednesday 29 May 2013 | 17:54

އެންޖަލްމޭން ސިންޑްރޯމްއަކީ ނިޔުރޯ ޖެނެޓިކް ޑިސްއޯޑަރ އެކެވެ. މިކަން މެދުވެރިވާ ސަބަބަކީ މަންމަގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ކްރޮމޮޒޯން ނަމްބަރ 15 އަށް ބަދަލުތަކެއްއައުމެވެ. މީގެ ތެރޭގައި ޖީން އިތުރުވުން ނުވަތަ މަދުވުން ހިމެނެއެވެ. އޭންޖަލްމޭން ސިންޑްރޯމްގެ ސަބަބުން ފިޓްޖެހުމާއި، ނިދަންއުދަގޫވުމާއި، މޫނާގާތުގައި ތަފާތުގޮތްގޮތަށް އަތުގެ ހަރަކާތްކުރުމާއި އަދި އާދަޔާ ހިލާފަށް ހިނިއައުން ހިމެނެއެވެ.

މިކަމުގެ ތާރީޚަށް ބަލާއިރު އޭންޖަލްމޭން ސިންޑްރޯމް އެންމެ ފުރަތަމަ ހޯދާފައިވަނީ 1965 އަހަރު އިގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. ހެރީ އޭންޖަލްމޭން ކިޔާމީހެކެވެ. މި ޑިސްއޯޑަރ އަށް ކިޔާ އަނެއް ނަމަކީ '' ހެޕީ ޕަޕެޓް ސިންޑްރޯމް '' އެވެ. އެއީ މި ޑިސްއޯޑަރ ޖެހިފައިވާ ކުދިން އަބަދުވެސް ހިނިތުންވެފައި ތިބޭތީއެވެ.


ތިރީގައި މިވާ ކަންތައްތަކަކީ މިކަހަލަ ކުދިންގެ ފަރާތުން ފެންނަން ހުންނަ ކަންތައްތަކެވެ.
·       ނޯމަލް ކުދިންނާ އެއްވަރަށް މިކުދިންގެ ސިކުނޑި މަސައްކަތް ނުކުރުން.
·       ވާހަކަ ދެއްކުން ލަސްވުމާއި ވާހަކަ ދެއްކުމުގެ ބަދަލުގައި އަތުގެ ހަރަކާތުން ކަންތައްތައް ބުނެދިނުން.
·       އަތްފައިގެ ބާރު ދެރަވުން.
·       އުޅުމުގައި އާދަޔާ ޚިލާފް އުނިކަންތައް ހުރުން.
·       ބޭކާރު ގޮތުގައި އަތުގެ ހަރަކާތްކުރުން.
·       ކަންކަމުގައި ސަމާލްކަން ދޭމިންވަރު ދަށްވުން.
·       ބޮލުގެ ވަށަމިން ކުޑަވުން.
·       ފިޓްޖެހުން (ޚާއްސަކޮން އުމުރުން 3 އަހަރު ދަށުގެ ކުދިން).
·       ދުލުގެ ހަރަކާތް ގިނަވެފައި އަދި ކާ އެއްޗެހި ދިރުވަން އުދަގޫވުން.
·       ކާންދޭން އުދަގޫވުން ( ހާއްސަކޮށް ކުޑައިރު )
·       ހިނގާއިރު އަތްމައްޗަށް ނަގައިގެން ހިގުން.
·       ހޫނުވުމުގެ ސަބަބުން ސެންސިވިޓީ އިތުރުވުން.
·       އަނގަ މަތި ބޮޑުކޮށް ހުރުމާއި އަދި ދެ ދަތް ދޭތެރެ ދުރުވުން.
·       ފެނަށް ދޯޅަވުން ( މޫދަށް ނުވަތަ ފެންގަޑަށް އެރެން ބޭނުންވުން ).
·       ހުސް އަނގަ ކެއުން.
·       ނިދަން އުދަގޫވުން.
މިކަމުގެ ފަރުވާ އެއްގެ ގޮތުން ހާއްޞަ ބޭހެއް ހޯދިފައި ނެތަސް މިފަދަ ޑިސްއޯޑަރ ކުރިމަތިވެފައިވާ ކުދިން މުޖުތަމަޢުގައި އުޅުމުގެ ގާބިލް ކަން އިތުރުކޮށް ދިނުމުގެ ގޮތުން ސްޕީޗް ތެރަޕީ، އޮކިޔުޕޭޝަން ތެރަޕީ އަދި ބިހޭވިޔަރ މޮޑިފިކޭޝަން ތެރަޕީ ދީގެން ކޮންމެވެސް ވަރަކަށް ރަގަޅު ކުރެވިދާނެއެވެ. 
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved