Home » , » ގަވާރމަންޓް ބޮންޑަކީ ކޮންއެއްޗެއް؟

ގަވާރމަންޓް ބޮންޑަކީ ކޮންއެއްޗެއް؟

Written By Afey Afra on Thursday 25 April 2013 | 10:14


ޓްރެޝަރީ ބޮންޑްސް ނުވަތަ ގަވަރމެންޓް ބޮންޑްސް އަކީ ދައުލަތުގައި ފައިސާ މަދުވެގެން ނުވަތަ ލިބޭ އާމްދަނީއިން ނުޗަލައިގެން، ނުވަތަ ދައުލަތުގެ ރިޒާވް އަށް ލޮޅުން އަރައިންގެ ދޫކުރާ ސެކިއުރިޓީ ނޯޓްސް އެކެވެ. މިއީ މަނިޓަރީ ޕޮލިސީ އިމްޕލިމަންޓް ކުރުމަށްޓަކައި ބޭނުންކުރެވޭ އިންސްޓުރޫމަންޓްސް ތަކުގެ ތެރެއިން އޯޕަން މާރކެޓް އޮޕަރޭޝަންގައި ކުރެވޭ މުއާމަލާތެކެވެ. މިފަދަ މުއާމަލާތްތަކަށް ޓްރެޝަރީ ބިލް (ޓީބިލް) ޓްރެޝަރީ ނޯޓްސް ވެސް ކިޔައި އުޅެއެވެ. މިފަދަ މުއާމަލާތްތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ނަން މަސްހޫރީ އެމެރިކާގެ މަރުކަޒީ ބޭންކުން ވިއްކާ ޔޫ.އެސް.ޓްރެޝަރީ ބޮންޑެވެ.


ގަތަރުން ރާއްޖޭގެ ބޮންޑުގަތުމާއި ބެހޭގޮތުން ހަވީރު އޮންލައިންގައި އޭޕްރީލް 24 ވަނަ ދުވަހު ލިޔެފައިވާ ހަބަރުގައި
ކިޔުންތެރިން ކޮށްފައިވާ ކޮމެންޓްތަކެއް
ގަވަރމެންޓް ބޮންޑްސްއަކީ ދައުލަތަށް ފައިސާ ހޯދުމަށްޓަކައި (ދައުލަތް ހިނގުމަށް، ތަރައްޤީޤެ ނުވަތަ އިޖުތިމާއީ މަސްރޫއު ތަކަށް) ކޮންމެވެސް ބައެއްގެ ނުވަތަ އިންވެސްޓަރެއްގެ އަތުން ފައިސާތަކެއް ގަތުމެވެ. ބައިނަލް އަޤުވާމީ ދުނިޔެއަށް ބަލައިރު އެމެރިކާ ނުވަތަ ޔޫރަޕްގެ ބޮޑި އިގްތިސާދުތައް ހިމެނޭ ގައުމުތަކުގައިވެސް މިމުއާމަލާތްކުރެއެވެ. އާއްމުގޮތެއްގައި މިކަން ކުރުމުގައި އުސޫލުތަކެއް ކަނޑައެޅިފައި ހުރެއެވެ. އެގޮތުން ދައުލަތަށް ގަނެވޭ ފައިސާ ގަތުމަށްފަހު (ބޮންޑު ވިއްކުމަށްފަހު) ބޮންޑް ހޯލްޑަރ ނުވަތަ ބޮންޑު ގަންނަ ފަރާތަށް މޫނުމަތީ އަގަށްވުރެ އިތުރަށް ފައިސާ ދައްކަން ޖެހެއެވެ. މިއަށް ކިޔަނީ ކޫޕަން ރޭޓް ނުވަތަ އިންޓަރެސްޓްއެވެ. މިފަދަ މުއާމަލާތަކުގައި އަނބުރާ ދެއްކުމަށް ވަކިމުއްދަތެއް ކަނޑައެޅިފައިވެއެވެ. މިމުއްދަތަށް ކިޔާއުޅެނީ މެޗޫރިޓީ ޑޭޓް އެވެ. ހުރިހާ ޤައުމުތަކެއްގައިވެސް މިކަން ކުރަނީ މައިގަނޑު އެއްއުސޫލެއްގެ ތެރެއިންކަމުގައި ވިއަސް މެޗޫރިޓީ ޑޭޓްސް އަދި ކޫޕަން ރޭޓްގައި ތަފާތު ހުރެއެވެ. ގޮވާރމަންޓް ބޮންޑު ބެލެވިފައިވަނީ ބޮންޑު ގަންނަ ފަރާތަށް އިތުބާރު ލިބިފައިވާ ރިސްކު ފްރީ އެއްޗެއްގެ ގޮތުގައެއެވެ. ބޭރު ގައުމަކަށް ބޮންޑެއް ވިއްކައިފި ނަމަ އެއަށް ސޯވެރެނިޓީ (Sovereignty) ބޮންޑުވެސް ކިޔާއުޅެއެވެ. ބުނެވިދިޔަ ކަންކަމަށް ބަލާއިރު މާގިނަ އެއްޗެހިތަކެއް ނުލިޔެ ތަންކޮޅެއް ތިލަ ކޮށްލާނަމަ ބޮންޑު ވިއްކުމަކީ ލޯނު ނުގުމެވެ. އަދި ބޮންޑު ގަތުމަކީ ލޯނު ދިނުމެވެ. ލޯނަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކަނޑައެޅިފައިވާ އިތުރު އަދަދަކާއި އެކު ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އަނބުރާ ދެއްކުމަށް ނުވަތަ އަނބުރާ ލިބޭ ގޮތަށް ދެފަރާތެއްގެ ދެމެދުގައި ކުރެވޭ ފައިސާގެ މުއާމަލަތެކެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved