Home » , » ބްރެޑް ޕިއްޒާ

ބްރެޑް ޕިއްޒާ

Written By Afey Afra on Wednesday 2 July 2014 | 11:47

ރީކްގެ ރަހަ (ރީކް އައިސްޑް ލައިފް)

8 ޕާންފޮތި
2 މ.ސަމްސާ ފިޔާ ، ކުދިކޮށް ކޮށާފައި
2 މ.ސަމްސާ ކެޕްސިކަމް، ކުދިކޮށް ކޮށާފައި
2 މ.ސަމްސާ ޓޮމާޓޯ ، ކުދިކޮށް ކޮށާފައި
8 މ.ސަމްސާ މަޝްރޫމް ، ފޮތިކޮށްފައި
ރަހަލާވަރަށް ލޮނު
ކުޑަ ހަކުރު ކޮޅެއް
½ ޖޯޑު ޕިއްޒާ ސޯސް (ބަދަލުގައި ޗިލީސޯސްވެސް ބޭނުންކުރެވިދާނެ)

½ ޖޯޑް ޗީޒް، ގާނާފައި


ހައްދަވާނެ ގޮތް.
ތަވަޔަށް ތެޔޮފޮދު އެޅުމަށްފަހު ހޫނު ވެލުމުން އޭގެތެރެއަށް ފިޔާ އެޅުމަށްފަހު ފިޔާކޮޅު ކުޑަކޮށް ވަޅޯވެލުމުން ކެޕްސިކްމް، ޓޮމާޓޯ، މަޝްރޫމް، ލޮނު އަދި ހަކުރު އެޅުމަށްފަހު 3-4 މިނެޓް ވަންދެން މަޑުގިނީގައި ހާކާނީއެވެ.
ޕާންފޮތީގައި ސޯސް ހޭކުމަށްފަހު އޭގެ މައްޗަށް މަޝްރޫމް މިކްސްޗަރ  ، ދެން އޭގެ މައްޗަށް ޗީޒް އެޅުމަށްފަހު އަވަނުން ނުވަތަ ތަވާގައި ޗީޒްކޮޅު ދިޔާވަންދެން ފިހެލާނީ އެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved