Home » , , » ޗިކެން 65 ރެޕް ހައްދަވާނެ ގޮތް

ޗިކެން 65 ރެޕް ހައްދަވާނެ ގޮތް

Written By Afey Afra on Saturday 31 May 2014 | 05:22

ރީކް އައިސްޑް ލައިފް (ރީކްގެ ރަހަ)












ޗިކަން 65 އަށް ބޭނުންވާ ތަކެތި:
2 ޖޯޑް ކުކުޅު (ބޯންލެސް) ، ކުދިކޮށް ކޮށާފައި
1 ފިޔާ ، ކުދިކޮށް ކޮށާފައި
3 ލޮނުމެދު ، ޗިސްކޮށްފައި
¼ ސ.ސަމްސާ އިނގުރު ، ޗިސްކޮށްފައި
¼ ސ.ސަމްސާ ގަރަމް މަސާލާ
1 ދިގު މިރުސް . ކުދިކޮށް ކޮށާފައި
2 މ.ސަމްސާ ޗިލީ ސޯސް
1 މ.ސަމްސާ އޮއިސްޓަރ ސޯސް
2 ސަމްސާ ތެޔޮ
ރަހަލާވަރަށް ލޮނު

ހައްދަވާނެ ގޮތް:
ތަވަޔަށް ތެޔޮފޮދު އެޅުމަށްފަހު ހޫނު ވެލުމުން އޭގައި ފިޔާ ކޮޅު ރަތްކޮށްލާނީއެވެ. ދެން ކުކުޅު އެޅުމަށްފަހު ރީތިކޮށް ކުކުޅު ރޯފިލުމުން ލޮނުމެދާއި އިނގުރު އަދި މިރުސް ކޮޅު އެޅުމަށްފަހު އިރުކޮޅަކަށް ހާކާނީއެވެ. އެއަށްފަހު ސޯސް، ގަރަމް މަސާލާ އަދި ލޮނު އެޅުމަށްފަހު އިރުކޮޅަކު ހާކާނީއެވެ.

ޗިކަން ރެޕް ހެދުމަށް ބޭނުންވާތަކެތި:
10-12 ރޮށި
ލެޓިއުސް
ޗީޒް ސްލައިސް (ހަނި ދިގަށް ކަފާފައި)
މަޔޯނައިސް.

ހައްދަވާނެ ގޮތް:

ރޮށީގައި މަޔޯނައިސް ހޭކުމަށްފައި ރޮށީގެ މެދަށް ވާގޮތަށް ލެޓިއުސް އަޅާފައި އޭގެ މައްޗަށް ކުކުޅު (ޗިކަން 65) އަޅާފައި، ދެން އޭގެ މައްޗަށް ޗީޒް އަޅާފައި ރީތިކޮށް އޮޅާލާނީ އެވެ. ދެން އަވަންގައި ކުޑަ އިރުކޮޅަކަށް ހޫނުކޮށްލާނީއެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved