Home » , » ތިންސަފްޙާ

ތިންސަފްޙާ

Written By Afey Afra on Tuesday 21 January 2014 | 20:04

އެތަކެއް ދުވަހަށްފަހު ލިބުނު މެސެޖްގައި އޮތެވެ. "މިރޭ ޖައްސާލަބަލާށޭ" އަހަރެން ހިތަށްއެރިއެވެ. ކައިވެނިކުރަން ބާކީއޮތީ ތިންދުވަހެވެ. ޝިފޫއަށް އެނގިއްޖެއްޔާ ދެރަވާނެއެވެ. އެހެންވިއަސް ދާނަމެވެ. އަދިވެސް އަހަރެން އުޝާދެކެ ލޯބިވެއެވެ. އޭނާވެސް އަހަރެންދެކެވާ ލޯތްބަށް ބަދަލެއް ނާދެއެވެ. އެކަމު ގޮސްފަ ބުނަންޖެހޭ އެތި ވަރަށް ބޮޑެވެ. އެކަމު އެގޮތަށް ބުނާނަމެވެ.



އަހަންނާ އުޝާ އާއި ދިމާވީ އެހައްދުވަހުއެވެ. ދެމީހުން ގުޅިލާމެހުނީ އެދުވަހުއެވެ. އުޝާގެ މައްޗަށް އަހަރެން ލެނބި އަހަރެންގެ މައްޗަށް އުޝާގެ ހިތްލެނބި ވާނެ އެއްޗެއްވެ އެކަކަށްވެސް ބުނަން ނުކެރިފައި ތިބީމެވެ. އެހެން ތިބެފައި އަހަރެން ބުނީމެވެ. އަހަރެންގެ އުޝާގެ މައްޗަށް ފޯލްވެއްޖެއްޔާ ހަދާނި ކިހިނެތްހެއްޔެވެ. އުޝާ ހީލާފައި ބުންޏެވެ. ތިހުރީ ފޯލްވެފައި ހެއްޔެވެ. އަހަރެން ބުނީމެވެ. އާއެކެވެ. ވަރަށް ލޯބިވެއެވެ. އުޝާ އަހަރެންނާ ކައިރިވެލާފައި ބައްދާލިއެވެ. އަހަރެންވެސް އުޝާގެ ގައިގަ ހިފައްޓާލާ ބާރުކޮށްލީމެވެ. އުޝާގެ ތުންފަތް އަހަރެންގެ ކަރުދަށުގައި ޖައްސައިގެން ވަރަށް ގިނައިރު އޮތެވެ. ކަންވެ ނިމުނުއިރު އުޝާގެ ބުރުގާގެ ޕިންތައް ނެއްޓި ދޮންކަނދުރާ އޮތީ އަހަރެންގެ ނޭވާގެ ހޫނުކަމުގެ ތެރޭގައެވެ. އަހަރެންގެ އަތްދަނޑިމައްޗަށް އުޝާ ދެމިގެންގޮސް ޝަހުވަތުގެ ތެރޭގައި ގެނބި ހުސްވީ ހިނދުކޮޅެއްގެ ތެރޭގައެވެ. ހޭވެރިކަންވެ ކަންކަން ހަމަޔަކަށް އެޅުމުން ބޭރަށް ނިކުތީ ދެމީހުން އެކީގައެވެ. މަޑު ރޯޅިއާއި އެކު ޖެހެމުންދާ ވަޔާއި އިދިކޮޅަށް މެންދަންމުގެ ހަމަހިމޭންކަމުގައި ދުއްވާފައި ގޮސް އުޝާމެންގެ ދޮރުމައްޗަށް މަޑުކުރުމުން ސައިކަލުން ފައިބާފައި އުޝާ އަހަރެންގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލާފައި ބުންޏެވެ. "ތީމީހެއްގެ ފިރިއެކެވެ. މިއީ މިނިވަނެކެވެ." އެހެން ބުނެފައި ފައިވާނުން ޓޮއްގޮއްވާލާފައި ދޮރުބަޑިއަކަށް ޖަހާފައި ސިޑިން އަރައިގެން ދިޔައީއެވެ. އަހަންނަށް އަމިއްލައަށް ބުނެވުނެވެ. އަދިކިރިޔާދޯއެވެ. އެކަމު އަހަރެން މީ "ހުއްޓިފަ" ހުރި މީހެއްކަން އޭނާއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އޭނާ ސަމާސާކުރަން އެހެން ބުނިކަމަށް ވިއަސް އަހަރެން ދެރަވިއެވެ. އެދުވަސް ނިމި ދިޔައީ އެގޮތުގައެވެ. އެއީ އެހައްދުވަހެވެ.

އާދުވަހަކަށް އިރުއެރީ ތަފާތު ރަހަތަކާއި ތަފާތު ހަލާތަތްތައް ދެކި ތަޖުރިބާކުރެވި މުޅިން ތަފާތު ގޮތަކަށެވެ. އެއީ އިއްޔެއެވެ. އިއްޔެ އަހަރެން އުޝާކައިރީ ބުނީމެވެ. ދެނެއް އެހެނެއް ނުބުނެވޭނެއެވެ. އަހަރެން "ހުއްޓިފަ" ހުރި ހުރުން ނިމުކަކަށް އައިސް މިސްރާބު ހިފީއެވެ. އަހަރެން ހުސްހަށިބަޔެވެ. މިއީ މިހާރު މިނިވަނެކެވެ. އަހަންނާ އުޝާއެކޭ މިހާރު ތަފާތެއް ނެތެވެ. އަހަރެން އުޝާދެކެ ވަރަށް ލޯބިއެވެ. ލޯބީގެ ގުލްދަސްތާގައި ނުފޮޅި ހުރި މާތައް ފޮޅޭނެ އެންމެ ރަނގަޅު ވަގުތަކީ މިއީއެވެ. އުޝާ އިންކާރު ކުރިއެވެ. އުޝާ އަހަރެންގެ ހިތްކަތިލާލިއެވެ. އުޝާބުންޏެވެ. މިހާރު މީ އެހެން މީހެއްގެ މީހެކެވެ. އަހަރެން ބުނީމެވެ. އެހެނެއް ނުވާނެއެވެ. މީހެއްގެ އަންބަކަށް ނުވަންޏާ ތިއީ އެއްވެސް މީހެއްގެ މީހެއް ނޫނެވެ. އަހަރެންނަށްވެސް ހައްޤެވެ. އެހެނަސް އުޝާގެ ޖަވާބު ދިނީ "ފިނި" ގޮތަކަށެވެ. އުޝާ ބުންޏެވެ. އަހަރެންވެސް ލޯބި ވެއެވެ. އެކަމު ދިމާވިލެއް މާބޮޑަށް ލަސްވެއްޖެއެވެ. ލޯބިވަންޏާ ނާންނަންވީ ކީއްވެހޭ އަހަރެން ބުނުމުން، ބުނިބަސްމަތީގައި އުޝާ ބުންޏެވެ. އެހެން މީހަކަށް ހަދިޔާ ކުރެވިއްޖެއެވެ. ވަގުތުފާއިތުވެއްޖެއެވެ. މިނިވަނަކަށް ވާނެވާހަކަ ކުރިން ބުނިނަމަތާއެވެ. އަހަރެން އިންކާރުކޮށްބުނީމެވެ. ވަގުތުފައިތުވުމަކީ އުޝާ އެހެން މީހަކާއި ކައިވެނިކުރުމެވެ. އަހަރެން މިގޮތުގައި ދެމިހުންނާނަމެވެ. މާޔޫސްކަމާއި އެކު އަހަރެންގެ ހަޔާތުގައި އަނދިރިކަން ވަށާލީއެވެ. އަހަރެންގެ އުންމީދުކުރީ އުޝާއަށެވެ. އަހަރެންނަށް އުޝާދެއްކި ފޮނިހުވަފެންތައް ބިލާހުވެ ނެތިދިޔައީވެ. އަހަރެންގެ ސްޓޭންޑް މުގުރާލީ އުޝާއެވެ. އަހަރެން މީހެއްގެ ފިރިއެއްގެ ގޮތުގައި ހުރެ މީހަކާ ގައިގޯޅިވެފަ ދުވަހަކުވެސް ނޯންނާނެއެވެ. އެކަމު އެކަންވެސް ވަސްވާހުގެ ތެރެއިން މެހި ވެއްޔާ މޮޑެވުނީއެވެ. އެދުވަހު އެފަދައިން އެކަން ނުވީނަމަ އަހަރެންނަށް ފަހުރުވެރިކަމާއި އެކު "އަހަރެންގެ ގޮތުގައި" ހުރެވޭ މީހެއްކަމަށް އަމިއްލަ ނަފްސް ގަބޫލު ކުރީހެވެ. އުޝާ އަހަރެންގެ ކޮނޑުގައި ބޯއަޅާ ރޯންފެށިއެވެ. އޮހެމުންދިޔަ ކަރުނަތަކާއި އެކު ގިސްލުމުގައި އިރުގަނޑަކު އޮތެވެ. އުޝާގެ ހިތްބަލިވެގެން ދިޔައީ މާޒީގެ ސަފްހާތަކުން އެސަފްހާ ހުޅުވީމައެވެ. އަހަރެން އުޝާގެ ކޮނޑުގައި ފިރުމާލީމެވެ. އުޝާއަށް ހިތްހަމަ ޖެހުން ލިބޭކަން އަހަރެންނަށް އިހުސާސް ވިއެވެ. ކުޑަކުއްޖަކު އޮންނަ ފަދައިން އަހަރެންގެ ގައިމަތީގައި އުޝާ އޮވެ އިރުކޮޅަކު ނިދާލިއެވެ. ހޭލާފައި އަހަރެންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ. އަނގައިން ނުބުނެ ތިއޮތީ ކީއްވެހެއްޔެވެ. އުޝާ އަހަންނާއި ސުވާލުކުރިއެވެ. އަހަރެންގެ އަނގައިން ޖުމްލައެއް ބޭރުކުރާނެ ހިތްވަރެއް ނެތެވެ. ރުޅިވެރިކަމުގެ ގޮތުން އުޝާއާ ދިމާއަށް އެއްޗެ ނުބުނުމަކީ އަހަރެންގެ އަޒުމެވެ. އެންމެފަހުން އުޝާގެ ފަހުބަސް އިއްވިއެވެ. މަވެސް ވަރަށް ލޯބިވެއެވެ. އެހެނަސް އަހަރެން ދެކެ ރުޅި ނާންނައްޗެވެ. ސޮރީއެވެ. ވަރަށް ބޮޑަށް ސޮރީއެވެ. ކިތަންމެ ދުރަށް ދިޔަޔަސް ހެޔޮގޮތްވުމަށް އެދޭނަމަވެ. ތިންމަންނައަށް ނަފްރަތު ނުކުރައްޗެވެ. ބޮޑުކޮށް ސޮރީއެވެ. އެދުވަސް ނިމިދިޔައީއެވެ. ދެލޯކަރުނައިން ފޯކޮށްފައި، ކަރުނައިން ދެލޯ ތެންމާފައެވެ. އުންމީދުގެ ހުޅުކޮޅު ނިއްވާފައެވެ. ފޮޅެންތައްޔާރުވި މާތައް ނުފޮޅި މިލާމޯޅިވެ، ބަގީޗާ ހަރީފު ކުރުވާފައެވެ. އެއީ އިއްޔެއެވެ.
.........................................................................................
އަހަރެން މެސެޖަށް ރިޕްލައި ކުރީމެވެ. އޯކޭ ދާނަމެވެ. ކިހާއިރަކުހެއްޔެވެ. ރޭގަނޑު 11 ޖަހާނައިރަކަށް އަހަރެން އިނީ އިންތިޒާރުގައެވެ. އުޝާއާއި ބައްދަލުކުރުމަށް ކެތްމަދުވެފައެވެ. އޮފީހަށޭ ބުނެ ޝިފޫއަށް ދޮގުހެދީމެވެ. މުއްގަނޑު އަނބުރާލާފައި މިސްރާބު ހިފީމެވެ. ސައިކަލްގައި މަޑުކޮށްލި ވަގުތު އަހަރެން ހީކުރީ އުޝާ ނިކުމެ ބެލްކަނީގައި އަހަރެންގެ އިންތިޒާރުގައި ހުންނާނެކަމަށެވެ. ހިތްނުތަނަވަސްވީ އުޝާ ނެތުމުންނެވެ. އަހަންނަށް ޝައްކުވިއެވެ. އަހަރެން ވަންނަ ކަހަލަ މާހައުލެއް މިވަގުތު ގޭތެރޭގައި ނެތުމަކީ އުޝާ މަރުހަބާ ނިކުޔުމުގެ ސަބަބެވެ. އުޝާ އުންމީދު ކުރި ގޮތާއި ހިލާފަށް ގޭތެރޭގެ ހާލަތު ބަދަލުވީކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. އަންނާނަމޭ ބުނެވިއްޖެއެވެ. ދަމާދޫކޮށްލާ ރަބަރު އުންޑައެއްފަދައިން ގޭތެރެއިން ނިކުންނަން ޖެހުނަސް މިރޭ ވަންނާނަމެވެ. މަޑުމަޑުން ސިޑިން އަރައިގެން ގޮސް އުޝާގެ އެޕާރޓްމަންޓްގައި ބެލް އަޅާލީމެވެ. ދޮރުފަތުގައި އިން ބޭރުބަލާ ވައްބިއްލޫރި ކޮޅަށް ފިލައިގެން އަހަރެން އޮތީމެވެ. މަޑުމަޑުން ދޮރުފަތް ހުޅުވިއްޖެއެވެ. އަހަރެންގެ ހިތްތެޅިގަތެވެ. އެތެރެއިން ބޯދިއްކޮއްލާފައި ފިލާ ހުންނާކަށް ނުބުނަމޭ ތޫލި އަޑުން ބުނެލިއެވެ. އެއީ އުޝާއެވެ. އަހަރެންނަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ހީކުރި ގޮތާއި ތަފާތެވެ. އަދިވެސް އުޝާގެ ހަށިގަނޑުގެ ވަނާތައް އަހަރެންގެ ކުރިމަތީގައި ކަސްފް ކުރާކަށް ޖެހިލުމެއް ނުވެއެވެ. ބޯނިއުޅުވާލައިގެން ތުނުތުނި އެތެރެފެންނަ ނައިޓީއެއް ލައިގެން ހުރި ޒުވާން ރީތި އަންހެނާއި އާއި ދިމާއަށް އަހަރެން ބަލަހައްޓަގައިގެން ހުރީމެވެ. އެއީ އަހަރެން ލޯބިވި އުޝާއެވެ. "މިގެއަށް ގެނައީ ބޭރުގަ ހުންނާކަށް ނޫނޭ ގޭތެރެއަށް ވަންނަވީ" އުޝާ ހީލާފައި އަހަރެންނައި ދިމާއަށް ބުންޏެވެ. އަހަރަން ކައިރީ ތިހުރީ ކައިގެންތޯ ދުވަސްގަނޑަކަށްފަހު އުޝާ އެހިއެވެ. އަދި އަހަރެންނަށް ކޯކު ތައްޓެއް އުޝާ ގެނެސްދީފައި އަހަރެންގެ ކައިރީގައި ސޯފާގައި އިށީނެވެ. އަހަރެން ބުނީމެވެ. ކިހިނެތްވީހެއްޔެވެ. ކޮންކަމަކާ ވާހަކަދައްކަންހެއްޔެވެ. "ވަހަކައެއް ދައްކަންވެފައޮތްކަމެއް ނޭގޭ، މިރޭ ޖައްސާލާށޭ އަހަރެން ބުނީ" އުޝާ އަހަރެންނާ ސަމާސާކުރިއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެއެވެ. އިއްޔެއާއި އެހައްދުވަހަށްވުރެ މިއަދު ތަފާތެވެ. ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިފައެވެ. އަމާންކަމަށްވުރެ ބޮޑީ ނާމާންކަމެވެ. ދޮރުގައި މީހަކުޓަކި ޖަހާފަނެތީ އަހަރެން އިނީ އިންތިހާ އަށް ބިރުގަނެފައެވެ. އަހަރެން އެތާ އިނުން އެހާ މުނާސިބެއް ނޫނެވެ. އުޝާ ހުރީ ނައިޓީގައެވެ. އަހަރެން ބުނީމެވެ. "ކޮންމެސް ސަބަބެއް އޮތީމައެއްނުން އަހަރެން ގެންނާނީ" އުޝާ ބުންޏެވެ. ސަބަބު އެބައޮތެވެ. އަހަރެންގެ އަތުގައި ހިފައިގެން ގޮސް އުޝާގެ ކޮޓަރިތެރެއަށް ވަނެވެ. ކުރިމަތީގައި ހުރި ކުއީން ސައިޒްގެ އެނދުގައި އިށީނެވެ. އަހަރެންވެސް އިށީނީމެވެ. އަހަރެން ބުނީމެވެ. ދެން ބުނެބަލާށެވެ. އުޝާ ބުންޏެވެ. ކޯޗެއްހެއްޔެވެ. އަހަރެން ބުނީމެވެ. އަހަރެން މިގެއަށް މިގަޑީގައި ގެންނަން ޖެހުނު ސަބަބެވެ. އަހަރެން މިއައީ އުޝާވީމައެވެ. ބުނެފި ކޮންމެ ކަމެއް ކުރާނެ ކަމަށް ވައުދުވެފައިވާތީއެވެ. އުޝާ ލޯމަރާލިއެވެ. އަހަރެންނާ ކައިރިވެލިއެވެ. އަހަރެން ދުރައްޖެހިލަން އުޅުމުން ހިފެހެއްޓިއެވެ. މަވެސް ލޯބިވޭ، ކެތްނުވެގެން މިގެނައީ މިހެން ބުނެފައި އުޝާގެ އަތުން އަހަރެންގެ މޭގައި އަޅާ ކޮއްޕާލާފައި އެނދު ހުރަހަށް އުޑުތިލަމަތިން ވައްޓާލިއެވެ. އުޝާގެ ނައިޓީ ބާލާ އެއްލާލާފައި އަހަރެންގެ ގައިމަތީގައި އޮށޯތެވެ. ހިއްސުތަކަށް ވާންވެ އެހައްދުވަހު ހިނގި ކަންތައް މިއަދު އަނެއްކާވެސް ތަކުރާރުވީއެވެ. ވާނެއެއްޗެވެ ނިމުނީއެވެ.



 ޖީންސްގެ ގޮށްތައް އަޅުވަން ކޮޅަށް ތެދުވެ ފުރަގަސްދީގެން ހުއްޓާ، ވަރުބަލިކަމާއި އެކު "ހެއްދެވިގޮތަށް" އުޑުތިލަމަތިން އެނދުގައި އޮށޯވެއޮތް އުޝާ ދެއަތްދަމާލާ މޯޅިއަކަށް ދެމިލުމަށްފަހު ވަނާތަކަށް ވާންކޮށްލާފައި ބުނެލިއެވެ. "ސައިޑް ޓޭބަލްގައި އޭންދަ ޓިޝޫ ފޮށި ދިއްކޮށްލަބަ، ތެންކިއޫ. ވަރަށް ބޮޑަށް ތެންކިއު." އަހަރެން ހިތަށް އެރިއެވެ. އަހަންނާއި ދިމާލަށް އެދުވަހު އެހެން ބުނީ މިފަދަ މުނާސަބަތެއްގައެވެ. ބުނަން ހިތުއަޅައިގެން އައިއެތި އަހަރެންވެސް ދެން ބުނަންވީއެވެ، "ތީ މީހެއްގެ އަންބެކެވެ."
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved