Home » » ފާއިތުވި އަހަރާއިމެދު - ނުބީހެންޏާ ކަނޑާ ހަމަ

ފާއިތުވި އަހަރާއިމެދު - ނުބީހެންޏާ ކަނޑާ ހަމަ

Written By Afey Afra on Wednesday 1 January 2014 | 01:00

ނުބީހެންޏާ ކަނޑާހަމައިން އަޅުގަނޑުގެ ބްލޮގް ވުޖޫދަށްގެނެސް ކިޔުންތެރިންނާއި ހަމައަށް ތިލަ ކުރެވިފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރ 01 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން މިއަދާ ޖެހެންދެން އެކިއެކި ތަފާތު ލިޔުންތައް ދަނީ ޝާޢިއު ކުރެވެމުންނެވެ. އެގޮތުން ވޭތުވެދިޔަ 2013 ވަނަ އަހަރު ޖުމްލަ 54 ލިޔުން ގެނެސްދެވިފައިވެއެވެ. ބްލޮގްގެ މަޤުސަދަކީ ތަފާތު އެކިއެކި ޢިލްމީ ލިޔުންތައް އުފައްދާ ގެނެސްދިނުމާއި، ކިޔުންތެރިން ފޫހިވިޔަ ނުދިނުމަށްޓަކައި އިބުރަތްތެރި އަދި ލޯބީގެ ވާހަކަތައް ހަޤީޤީ އަދި ހިޔާލީ ފަލްސަފާގެ ތެރެއިން ކިޔުންތެރިންނަށް ފޯރުކޮށްދިނުމާއި މިނޫންވެސް މުހިންމު ބޭނުންތެރި މައުލޫމާތު ފޯރުކޮށްދިނުމެވެ.


ވޭތުވެދިޔަ އަހަރު ޢިލްމީ ލިޔުމުގެ ގޮތުގައި ތަފާތު އެކިއެކި ނަޒަރިއްޔާތުތަކަށް ރިއާއަތްކުރުމަށްފަހު 23 ލިޔުމެއް އަޅުގަނޑު އަމިއްލައަށް އުފައްދާ ކިޔުންތެރިންނާ ހިއްސާކުރެވިފައިވާނެއެވެ. ލިޔުންތައްޔާރުކުރުމުގައި ފިކުރު ހިންގާފައިވާ ދާއިރާތަކަކީ، އިޤުތިސާދީ، އިޖުތިމާއީ އަދި ލުއިހުނަރާއި ބެހޭ އިލްމުތަކަށެވެ. އެގޮތުން 23 ލިޔުމުގެ ތެރެއިން ކިއުންތެރިންގެ އެންމެބޮޑު މަޤުބޫލު ކަމެއް ހޯދާފައިވަނީ






ޒަވާޖީ ހަޔާތުގެ ނިޒާމް ގެއްލުން، 




 އިޤުތިސާދީ ހާލަތު ދެނެގަތުން،







އިސްލާމްދީން ހިޖުރަކުރުން،






ޖަޒުބާތީތޫނުފިލިކަން،









ހަތްކުޅަނދު ހަމަވުން، 




ދަންޑަހިލްގެ ކުރުވާހަކަތަކަށް ނަޒަރު ހިންގާލުމުގެ ކުރިން ހާމަކޮށްލަން ޖެހޭ އެއްކަމަކީ "ދަންޑަހިލް" މިނަމަކީ 2008 ވަނަ އަހަރުން ފެށިގެން ވާހަކައިގެ ދުނިޔޭގައި ބޭނުންކުރަމުން އަންނަ އަޅުގަނޑުގެ ގަލަމުގެ ނަމެވެ. ވޭތުވެ ދިޔަ އަހަރު 23 ވާހަކަ ބްލޮގްގައި ޝާއިއުކުރެވިފައިވެއެވެ. ވާހަކަ ލިޔުމުގައި ވިސްނާފިކުރު ކުރެވިފައިވާ ދަރަޖަތަކަކީ، އިބްރަތްތެރި މެސެޖް ފޯރުކޮށްދިނުމާއި، ހިޔާލީ ފަލްސަފާގެ ތެރެއިން ހިނގާފާނެ ކަމަށް ބެލެވޭ ހާދިޘާތަކާއި، އަދި ފަރުދުންގެ މެދުގައި ހިންގާފައި ހުންނަ ކަންކަން ދިރާސާކުރުމަށްފަހު ކިޔުންތެރިންނަށް ކަމުދާނެ ގޮތަށް ހުށަހެޅުމެވެ. އެގޮތުން މިދެންނެވުނު 23 ވާހަކައިގެ ތެރެއިން ކިޔުންތެރިންގެ އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވަނީ







ބީހުމެއް ނެތި ކަނޑާހަމައިގަ ދަތުރު ކުރުމުގައި ބޮލްގްގެ ފޭނުން އިތުރުވެ ބައެއް ފޭނުންގެ އެދުމުގެ މަތިން ފޭނުންނަށް ހާއްސަ ޕޭޖެއް ހެދުމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. އެގޮތުން ޝާޒާގެ ބިއުޓީ ކޮލަމް އާއި ސެންޕައިގެ ފިކުރު ކޮލަމް ގެ އިތުރުން ރީކްގެ ސުފުރާމަތިން ވަނީ ގެނެސް ދެވިފައެވެ. އެގޮތުން ފޭނުން ތައްޔާރުކޮށްފައިވާ 8 ލިޔުމެއް މިބްލޮގައިވެއެވެ. ފޭނުންގެ ޕޭޖަށް ނަޒަރު ހިންގާލާއިރު ޝާޒާގެ ބިއުޓީ ކޮލަމްގައި ގެނެސްދެވުނު ހަންގަނޑު އޮމާންކުރުމަށް ރީންދުލައި ޓޮމާޓޯ މިސުރުހީގެ ދަށުން ގެނެސް ދެވުނު މައުލުމަތާއި، އަދި ސެންޕައިގެ ފިކުރުކޮލަމްގައި ގެނެސް ދެވުނު ކާއިނާތަށްވުރެ ބޮޑު އިންސާނާ ވަނީ ބޮލްގްގެ މުޅި ތާރީހުގައި އެންމެ މަޤޫބޫލުކަން ހޯދާފައިވާ ގަދަ 10 ލިޔުމުގެ ތެރޭގައި ހިމެނިފައެވެ.


އަފޭއަފްރާ ނުބީންޏާ ކަނޑާހަމަ ބްލޮގްގެ ތަސައްވަރަކީ ދިވެހި ބަހުން ޢިލުމީ ލިޔުންތައް ތައްޔާރުކޮށް ފޯރުކޮށްދިނުމާއި، ހަޤީޤީ އަދި ހިޔާލީ ވިސްނުމުގެ ތެރެއިން އިބްރަތްތެރި ކުރުވާހަކަ ގެނެސް ދިނުމާއި އެކު، ތަފާތު އެކިއެކި މުހިންމު ބޭނުންތެރި މައުލޫމާތު ދިވެހިބަހުން ހިއްސާކުރެވޭނެ ޒުވާން ލިޔުންތެރިން ކިޔުންތެރިންގެ ތެރެއިން އުފެއްދުމުގައި ކުރިއަށް ދިޔުމެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved