Home » , , » އިންތިހާ ލޯބިވޭ

އިންތިހާ ލޯބިވޭ

Written By Mohamed Afrah on Friday, 27 December 2013 | 00:42

އެދުވަހަށްފަހު ފާތުންނަށް "ވަހެއް" ދުވައިފިކަން އަހަރެންނަށް އިހުސާސްވާން ފެށިއެވެ. އެވާހަކަ ފަޅާނުލާ ފާތުން އެހުންނަނީ ދެމީހުންނަށްވެސް ރަނގަޅު ވަގުތެއް ނުލިބިގެންކަންވެސް އެނގެއެވެ. ޖޯލިފަތީގައި އަހަރެން އިނީ ސިގިރޭޓް ބޯށެވެ. ފާތުން އަހަންނާއި ދިމާލަށް އަންނަންފެށުމުން ސިގިރޭޓްބުރި އެއްލާލީމެވެ. ސިގިރޭޓްބުރި އެއްލާލީ ވަގަށް ބޯތީއެއް ނޫނެވެ. އަހަރެން ސިގިރޭޓް ބޯކަން ފާތުންނަށްވެސް އެނގޭނެއެވެ. ނަމަވެސް ކުރެވޭ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. ކައިރީގައި އެއްވެސް އިރެއްގައި ނުބޮމެވެ. އިށީންގޮތުން ހިތަށް އެރިއެވެ. މިރޭ މިއޮތީ އިއްތިފާގުން ޖާވާބުދާރީވާން ޖެހޭ މަޤާމަށް އަމިއްލައަށް ހާޟިރުވެވިގެންނެވެ. މައްސަލައަކީ ސިގިރޭޓެއް ނޫނެވެ. ވަރަށް ހަމަޖެހިލާފައި ޖޯލިފަތީގައި އޮށޯވެލާފައި އޭނާގެ އަތުން އަހަރެންގެ ބަނޑު ކޮއްޓާލާ ސަމާސާކޮށްލިއެވެ. އެއީ އޭނާގެ މިޒާޖެވެ. ކައިވެނިކޮށްގެން އުޅުނަސް އަލަށް ރައްޓެހިވެގެން އުޅޭ ދެމީހުންހެން އުޅެލަން ފާތުން ބޭނުންވާނެއެވެ. އެއީ ހިތުގެ ކާނާއެވެ.

ކުއްލިއަކާ އޮވެލާފައި ދައްކަންފެށި ވާހަކައިން އަހަރެންގެ އަރުބައްދާލިއެވެ. ދަނޑިވަޅުބަލާފައި އެއައީ އެވާހަކަދައްކަންކަން އަހަރެންނަށް އެނގުނެވެ. "އަހަރެން އިއްޔެގަ ވަރަށް ދެރަވި، އަސްލު ގަޑި ބަލާނުލާ ބަދިގޭގައި ހުރެފައި ކުއްލިއަކަށް ބަލާލިއިރު އަށެއް ޖަހަނީ، އަވަށް ތެޅިގަނެގެން ގޮވަން ދިޔައީ ވަރަށް ދެރަވެގެން" ސާދާރާގަކަށް ބުނެލިއެވެ. "ހެހެ އެހެންވެސް ދިމާވާނެ އެއީ މައްސަލައެއް ނޫން" އަހަރެން މިހެން ބުނުމާއި އެކު ބުނެލިއެވެ. "ވަރަށް ފޫހިވެ ހަމަ ގަސްދުގަ ނުދިޔައީ ހޭލާ އޮތީވެސް ފޯނެއްގަ، ކޮޓަރިއަށް ވަން އިރު ބައުންޑަރީއެއްގަ އަޅައިގަނެގެން އުޅެނީ، މަވަނީމަ ކުއްލިއަކަށް ކަނޑަލާފަ ހިނިގަނޑެއް ޖަހާލީ" އަހަރެން ހޫމްހޫމް އަޅުވަލީމެވެ. ލާވަށާލާފައި ހަޤީޤީ ސުވާލު ކުރިމަތި ކުރުވިއެވެ. އަސްލު ބުނެބަލަ ދެން އެއީ ކާކުތަ ތިޔަހާ އޮފީސްވެގެން އުޅޭމީހަކު ގަޑި ޖެހޭވަރުގެ ކޯލެއްގަމަޑުކުރަން، އޮފީސް ކަޓުވާލާވަރުގެ ބޮޑުކަމެއް ޖެހިއްޖެއްޔާ މަށާހިއްސާކުރާނެ.... އަހަރެންގެ ކަރުތެރެއެއްކޮށް ބެދިއްޖެއެވެ. ކައިވެނިކުރިތާ އަދި ތިންމަސް ނުވެއެވެ. ފަސްޖެހެމުން އަހަރެން ބުނީމެވެ، އެވެސްދެން ފާޑެއްގެ ކޯލެއް ފާޑުފަޑުގެ މީހުން ކޫސަނި ކަންކަމުވެސް ގުޅާނެ، ގަޑިއެއް ގަޑިއެއް ނޯންނާނެނުން އެފަދަ މީހުންނަކަށް، މިހެން ބުނުމާއި އެކު ފާތުން އަހަރެންނާއި ކައިރިވެލާފައި ވަރަށް ލޯބިން ބުނެލިއެވެ. "އެއީ ކޫސަނި މީހެއްނޫން، އަޅެތެދަށް ބުނެބަލަ އަނެއްކާ އައިކީ ސީޒަން ލައިގަތީތަ" އަހަރެންނަށް ހީވީ ޖޯލިދަށުން އުނގުރުމަތީގައި މީހަކު އައިސް އެތިފަހަރެއް ޖެހިހެންނެވެ. ބަސްހުއްޓިފައި ހިނދުކޮޅަކަށް އޮތުމަށްފަހު ބޯޖަހާލީމެވެ. އައިކީ މިއީ ކިހިނެއް އެނގުނު ނަމެއް، އަހަރެންގެ ހިތުގައި އުފެދުނު ސުވާލު ބޭރުކުރީމެވެ، އޭނާއަށް އައިކީ އާއި ބެހޭ ގޮތުން އެނގޭ ހުރިހާ އެއްޗެއް ބުނަން ފެށިއެވެ. " ހޫމް އައިކީ، މަށަށްވެސް ހިސްޓްރީ އެނގެއެވެ، އަދި ކިޔައި ނުދީއެއްނުން ތިއުޅެނީ، އަހަރެންނާ ދިމާވުމުގެކުރިން އައިކީ އާއި ހިތާވެގެންނެއްނުން އުޅުނީ، އައިކީދެކެ ވެވުނީ "ކަނު" ލޯތްބެއްކަންވެސް އެނގޭ، އައިކީ ގެއްލިފަ އައިކީ އެނބުރި އައިސްފަ، މިކަހަލަ ބޮޑަތި ޑްރާމާތައް ހިނގާފަ ދެމީހުން ވަކިވީ، އެއްވެސް މައްސަލައެއް ޖެހިގެން ނޫންކަންވެސް އެނގޭ، އެއީ ތަގުދީރު ނިޔާކުރި ގޮތް، އެކަމު ފަހުން އެކުއްޖާ މެރީކުރިކަން މަށަށް އެނގޭ، އެއީވެސް މީހެއްގެ އަންބެއް، އެކަމު ބޮޑުކަމެއް ދިމާވީމާ ގުޅާފާނެ، އައި މީންސް ބޮޑުކަމެއް ދިމާވީމާ ހަނދާން ވެދާނެ، ޔޫމެން ދެމީހުންގެ ބޮންޑު ވަރުގަދަ ވީމާ ޓްރަސްޓްވެސް ކުރެވޭނެ، އިތުރު ގޮތެއް ނެތިއްޖެއްޔާ ކަމެއް ޝެއާރވެސް ކޮށްފާނެ، އެކަން ހައްލުކުރާނެ ގޮތުގެ ލަފައެއް އަހާލަވެސްފާނެ، އެއީކީ މައްސަލައެއްނޫން، އެކަމު މަށަށް އެންމެ ޑީޕްކޮށް އޭނާ ދެއްކި ވާހަކަ ނޭގުސް އެޓްލީސްޓް އެއީ ކާކުކަމާއި، މައްސަލައިގެ ސުރުހީ އަޅާލަދީފަ ބޭއްވުމަކީ އޭގެ އެންމެ ރަނގަޅު ގޮތްކަމަށް ދެކެނީ، ޝައްކުކުރަނީ ކަމަށް ހިތަށް ނާރުވައްޗޭ، އާދަޔާ ހިލާފްކަމެއް ފެނުމުން އެކަން ސާފުކޮށްފައި ސާފު ހިތަކައިގެން ހުރުމަކީ ކޮންމެ އަންބަކުވެސް ބޭނުންވާނެގޮތް" ކޮންމެ އަންހެނަކީ އެހާ ހަނިކޮށް ވިސްނާ މީހެއްނޫންކަން އަހަރެންނަށް ވިސްނުނެވެ. އޭނާގެ ވާހަކަތަކުން އަހަރެންގެ ބިރުގަނެފައިވާ ހިތަށް ހިތްހަމަ ޖެހުން ގެނުވިއެވެ. އަހަރެންގެ އަނބިމީހާގެ ހޭލުންތެރިކަން ހުރިމިންވަރު ފެނިފައި އުފާވިއެވެ، އެއީ މަށަށް ލިބިފައިވާ ޖަވާހިރެކެވެ. ޖޯއްޔަށް ދެފައި ނަގާފައި ފައިކުރުކޮށްގެން އިނދެ އެދުވަހުގެ ކޯލާއި ބެހޭ ގޮތުން ފަށައިގަންނާނެ ގޮތަކައި މެދު ވިސްނާލީމެވެ.

" އައިކީ އަކީ މިހާރު މީހެއްގެ އަންބެއް ނޫން އެދުވަހު އައިކީ ގުޅި ވަރަށް ހިއްދަތިވެގެން އޭނާގެ ފިރިމީހާ އޭނާ ވަރިކޮށްފަ ދިޔައީ އެގަޑީގައި، އަހަރެންނަށް އޭނާގެ ވާހަކަތައް އަޑުއަހަން މަޖުބޫރު، ވަރިކުރަން ދިމާވި ސަބަބަކަށް މެދުވެރިވީ އަހަރެން، ނަމަވެސް އެއީ މުސްތަފާގެ ވިސްނުން ކޮށިކަން، ނަމަވެސް އަހަރެން އައިކީއަކަށް ނުގުޅަން، އުދަގުލެއް ނުކުރަން، ނަމަވެސް އަހަރެން އައިކީގެ އަތުގަ ހިފިން، މުސްތަފާއަށް އެމަންޒަރު ފެނުނު، އެއީ އަހަރެން ފާތުންނައި އިނުމުގެ ކުރިން، އައިކީގެ ހަބަރެއްނުވެފައި އައިކީ ފެނުނު ވަގުތު އަހަރެންނަށް އޭނާގެ އަތުގައި ހިފުނީ އިހުތިޔާރުން ބޭރުގައި، އަހަރެންގެ ހިތުގައިވާފަދަ ލޯތްބެއް ތަހައްމަލު ކުރަމުންދާ ކޮންމެ މީހަކަށްވެސް އެދުވަހު އެހެންވާނެ، އޭރު އަހަރެންނަށް އައިކީ އެއީ މީހެއްގެ އަންބެއްކަން ނޭގޭ، މުސްތަފާއަކީ އަހަރެންގެ ވަރަށް ކުރީގެ ރައްޓެއްސެއް މުސްތަފާވެސް އަހަރެން ކައިރީގައި ހުރި، އެކަމު އަހަރެންނަށްކަށް އޭރު އެއްވެސް އެއްޗެއް ނޭގޭ، އޭގެފަހުން މުސްތަފާ އަހަންނާއި މެދު ޝައްކުކޮށް އައިކީއަށް އިހާނެތި ގޮތްތައް ހަދަމުންދިޔަވާހަކަ އެދުވަހު އައިކީ ބުނީ، އެންމެފަހުން ވަރިވެސްކުރީ، ކިހިނެތް ހަދާނީ އައިކީ މިހާރު ބޭނުންވަނީ އަހަރެންގެ ނިވަލުގައި މަޑުކުރަން، އަހަރެންގެ އެހީތެރިކަން، އޯގާތެރިކަން އަބަދަށްވެސް އޭނާ ބޭނުންވޭ"


މިހިސާބަށް ބުނިތަނާ ފާތުން ރޯންފެށިއެވެ. އަހަރެންގެ ކޮނޑުގައި ބޯއަޅާ އަހަރެން ދެކެ ލޯބިވާކަން ހާމަކުރިއެވެ. ކުރަކިވެފައިވާ އަޑުން ބުންޏެވެ. "އެކަމު އައިކީ ބޭނުންވާ މިންވަރަށްކައިރިވުމަށް މިހާރު ދެން ވަގުތު ފާއިތުވެއްޖެކަން އޭނާއަށްވެސް ވިސްނެންވާނެނުން، ޕްލީސް އަހަރެންނަށް ދެރަގޮތެއް ނުހަދައްޗޭ ޕްލީސް އާދޭސްކުރަން" އާދޭހާއި އެކު ރޮމުންދިޔަ ފާތުންގެ ބޮލުގައި އަހަރެން ފިރުމާލީމެވެ. އަހަރެން އެއްވެސް އިންސާނަކަށް ދެރައެއް ނުދޭނަން، އަހަންނަށް އިތުބާރުކުރޭ، ނުރޮއި ހުއްޓާލާ، އައިކީއަށްވެސް ދެރަގޮތެއްވާކަން އަހަރެން ނޭދޭން، މިހަށީގައި ފުރާނަ ހުރިހާ ހިނދަކު އަހަރެން ފާތުންނަށްވެސް އަދި އައިކީ އަށްވެސް ދެރަގޮތެއް ނުހަދާނެ، އެންމެ މަސްލަހަތު ހުރިގޮތް އިރާދަކުރެއްވިއްޔާ އިލްހާމްކުރައްވާނެ، އެއްވެސް މީހަކު އެމީހަކަށް ލިބިފައިހުރި އަދި ލިބެންއުޅޭ އަގުހުރި އެއްޗެއް ހަމަހޭގައި ހުރެ ދުލެއް ނުކުރާނެ، ފާތުންގެ ލޯތްބަކީ އަހަރެންނަށް އަގުބޮޑު އެއްޗެއް، އުފާކުރޭ ތިޔައީ އަހަރެންނަށް ލިބިފައި ހުރި "ހުދަންބަރެއް" މަދުން ފެންނަ ބާވަތެއް، ތިޔަ ހުދަންބަރު އަހަރެންނަށް ލިބުނީ އަހަރެންގެ އަތުން އެއަށްވުރެ މަދުންފެންނަ އަގުބޮޑު އެއްޗެއް ބީވެގެން ދިޔުމުން، އެއީ އައިކީގެ ލޯބި، އެއީ އަހަރެންނަށް ނުލިބި ގެއްލިގެން ދިޔަ "ވާއަތު ސަންގެއް" ތަފާތަކީ ތިޔައީ އަނބިމީހާކަން އެއީ ނުލިބުނު ލޯބިވެރިޔާކަން، ދެމީހުންދެކެވެސް އިންތިހާއަށް ލޯބިވޭ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved