Home » , » ސޮސެޖް ސޭންޑްވިޗް ހައްދަވާނެ ގޮތް

ސޮސެޖް ސޭންޑްވިޗް ހައްދަވާނެ ގޮތް

Written By Afey Afra on Saturday 5 April 2014 | 17:44

ރީކް އައިސްޑް ލައިފް









ބޭނުންވާ ތަކެތި:
1 ޕާން
8-10 ސޮސެޖް (ފެނުކެއްކުމަށްފަހު ކުދިކޮށް ކޮށާފައި)
1 ފިޔާ ، ކުދިކޮށް ކޮށާފައި
2-3 ލޮނުމެދު ، ޗިސްކޮށްފައި
½  އިންޗި އިނގުރު ، ޗިސްކޮށްފައި
ހިކަނދި ރާނބާފަތްކޮޅެއް
1 ސ.ސަމްސާ މުގުރި މިރުސް
1 މ.ސަމްސާ ޓޮމާޓޯ ޕޭސްޓް
2 މ.ސަމްސާ ޗިލީ ސޯސް
1 މ.ސަމްސާ އޮއިސްޓަރ ސޯސް
ފްރައި ކުރަމަށް ތެޔޮ
ރަހަލާވަރަށް ލޮނު
މަޔޯނައިސް

ހައްދަވާނެ ގޮތް.
ތަވަޔަށް ތެޔޮފޮދު އެޅުމަށްފަހު ހޫނު ވެލުމުން އޭގައި ފިޔާ ، ހިކަނދި ރާނބާފަތް ކޮޅު ރަތްކޮށްލާނީއެވެ. ދެން ސޮސެޖެ އަޅައި ކުޑައިރުކޮޅަކަށް ފްރައި ކުރުމަށްފަހު ލޮނުމެދާއި އިނގުރު، މިރުސް، ޓޮމާޓޯ ޕޭސްޓް، ސޯސް އަދި ލޮނު އެޅުމަށްފަހު އިރުކޮޅަކު ހާކާނީއެވެ.
ޕާނުގެ ކައިރި ކެފުމަށްފަހު މަޔޯނައިސް ހާކާނީ އެވެ. ދެން ސޮސެޖް އެޅުމަށް ފަހު ސޭންވިޗް ހަދާނީ އެވެ.

Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved