Home » , , » އައިކީ އެނބުރިއައުން

އައިކީ އެނބުރިއައުން

Written By Afey Afra on Saturday 15 June 2013 | 09:56

މާޔޫސްކަމުގައި ދިރިހުރިކަމާއި ލޯތްބަށްޓަކައި ނަފްސަށް ބާރެއް ނެތަސް ފުރާނަ އެދެނީ ހަމަ އެކަނި އައިކީއަށްޓަކައިކަން ހާމަކޮށްދިނުމަށް ކުރެވުނު އާދޭސްތަކަށްފަހު އައި ހިމޭން ދުނިޔެ ހަލަބޮލިކޮށްލީ ފޯނަށް އައި ލޮޅުންގަދަ ވައިބްރޭޝަނާއި އެކުއެވެ. އެއީ އުފަލުން ހިތް ފުރިގެން ދިޔަ ވަގުތެވެ. ބަނަފެވައިވާ ދުނިޔެ އަލުން އަލިކޮށްލަދިން ސާފު މެންދުރުގެ ވަގުތެވެ. ހިތްދަތިކަމަކުން އުފާވެރިކަމަށް ހިތްބަދަލުކޮށްލަދިން ކުޑަ ވަގުތުކޮޅެވެ. ކަނިވެނިވެމުންދާ އުންމީދުގެ ހުޅުކޮޅު ބޮޑުކޮށްލަދިން ވައިރޯޅި ޖެހުނު މައުނަވީ ވަގުތެވެ. އެއީ "ގެއްލިފައިވާ" އައިކީގެ މެސެޖް ފޯނަށް އައި މުހިންމު ހިނދުކޮޅެވެ. ޖަވާބަކަށް އިންތިޒާރުކުރަމުން ކަލާގެ ހިޔަނިން ދުރަށް ނުދާނަމޭ ބުނުމުން ކުއްލިއަކަށް އޮހިގަތް ޖަވާބުތައް ކިޔަންފެށުނީ ފޮޅިފައިވާ އުފާވެރި ހިތަކައިގެންނެވެ.

އައިކީ އަހަރެންގެ ހާލު ބަލާލާތީ ޝުކުރުވެރިކަމާއި އެކު އެކަން ބަލައިގަތީމެވެ. އޭރުވެސް އަހަރެން ހިތަށް އެރިއެވެ. އައިކީ އަހަރެން ދޫކޮށްފައި ނުދާނެއެވެ. އައިކީ އެނބުރި އަންނާނެއެވެ. ކަށަވަރޭ އަންނާނެއޭ އައިކީ އެނބުރި އަންނާނެއެވެ. އަހަރެންގެ ހިތުގައި ބައިވަރު ޝުއޫރުތައް ހުއްޓެވެ. ވަގުތުން ޖެހުމުން ހިފެހެއްޓުމެއް ނެތި އަހަރެންގެ އުދާސްތައް ބޭރުކޮށްލެވުނެވެ. އައިކީއަށް ވީގޮތް ސާފުކޮށް އޮޅުން ފިލުންވަން މަޖުބޫރުވިއެވެ. ހަބަރެއް ހިލަމެއް ނެތި ކުއްލިއަކަށް ގުޅުން ކެނޑުނީމައެވެ. ސުވާލަށް އައިކީ ޖަވާބުދިނީ ކުރުގޮތަކަށެވެ. "ދަތުރެއްގެ ތެރޭގައި މަޖުބޫރޭ ރުހުމާއި ދެކޮޅަށްވެސް ދާންޖެހުނީ" އަހަރެންނަށް ކުރެވުނީ ކުށްހީއެއް ނޫނެވެ. ހަމަ ހީވި ގޮތަށެވެ. އައިކީ ދިޔައީ މަޖުބޫރީ ހާލަތެއްގައެވެ. އައިކީ އަހަރެން ދޫކޮށް ދިޔައީ "މަސައްކަތެއްގަ" އެވެ. އައިކީ އަލުން އެނބުރިއައީ މަސައްކަތަށްފަހުއެވެ.

ބަދަލުކުރެވެމުން ދިޔަ މެސެޖު ތަކާއި އެކު ގިނައިރުވީވަރަކަށް އިތުރު ސުވާލުތައް އަހަރެންގެ ހިތުގެ ތެރޭގައި ފުނިޖެހެން ފެށިއެވެ. އައިކީ ފޮނިވި މެސެޖުގައި ވެއެވެ."މަޖުބޫރު މީހަކީމޭ ހަފަރާތުގާވީ ރުއިމޭ" ހިތް ކެކުޅެން ފެށިއެވެ. އައިކީ އަށް ހިތްދަތިކަމެއް ދިމާވުމަކީ އަހަރެން ނޭދޭނޭ ކަމެކެވެ. އަކީދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. ލޯބި ވީކީނޫނެވެ. "އެއްބުރުން" ލޯބި ވެވުނީއެވެ. ނަމަވެސް އައިކީ އަށް ދިމާވެފައިވަނީ ކޮން މަޖުބޫރުކަމެއްހެވެ. ހަށިފޮޅާލާފައި ކުރިމައްޗަށް ނޭރެންވީ ސަބަބެއް ކޮބާހެވެ. އައިކީ އަކީ ހިތްވަރުގަދަ ކުއްޖެކަން މެންދުރު އިރުފަދައިން ސާފެވެ. އައިކީއަކީ ހުރިހާ ކަނޑަކަށްވެސް ހެޔޮވަރުގެ ކުއްޖެކެވެ. އައިކީއެއް ނުފެތޭނެއެވެ. އެއީ "ޔަޤީން" ކަމެކެވެ. ނަމަވެސް އެނބުރި އައުމުގައި އައިކީގެ ބަސްމަގު ތަފާތެވެ. ނަމަވެސް އަހަރެންގެ ހިތް ރުއްސައިދިނެވެ. މުޅިއަކުން ބުނާ އެއްޗެއް ސާފެއް ނުވިއެވެ. އެނގޭހާވެސް އެއްޗަކީ އައިކީ އަހަރެންނާއި ވަކި ނުވާކަމެވެ. އައިކީ އަހަރެންނާއި އެކު ހުރިކަމަވެ. އެވަރަކުން ނުފުދުނެވެ. ކުރިންވެސް ހުއްޓެވެ. އެވާހަކަ ޤަބޫލުކުރާނީ ކިހިނަކުންހެއްޔެވެ. އަހަރެންގެ ހިތުގެ އެދުން އައިކީއަށް ފޮނުވީމެވެ.

އަހަރެންނަށް އައިކީ ގެއްލެން ބޭނުން ނުވާކަމަށް ބުނީމެވެ. އަދި އައިކީގެ ލޯބި އިންތިހާއަށް ބޭނުންވާ ކަމަށާއި އައިކީގެ ލޯބިން މަހްރޫމުވުން ނޭދޭކަމަށް ބުނީމެވެ. އައިކީގެ ޖަވާބު ސާދާވެފައި ކުރެވެ. " ހާލަތު އެހެން ވިޔަކަސް ގައިމޭ މިހިރީ ދުނިޔޭން އެކުގާވާށޭ"  ހާލަތަކީ ކޮބާހޭ، ކޮންހާލަތެއްހެއްޔެވެ. ދުނިޔޭން އެކުގާ ވުމަކީ ކޮބާހޭ، ހަޔާތުގެ ބައިވެރިއަކަށް ވާނެކަން ކަށަވަރުކޮށް ނުދެވުނީ ކީއްވެހެވެ. އައިކީ އަހަރެންނާއި ވާހަކަ ދައްކަމުން ދިޔައީ ރީތި ގޮތުގައެވެ. އަހަރެންނަށް ވިސްނަދިނުމަށެވެ. ދުނިޔެ ދަސްވެއްޖެއެވެ. ދަސްވެ ބާވެއްޖެކަން އައިކީގެ ފަހުގެ ވާހަކަތަކުން އެނގުނެވެ. އައިކީގެ ހިތް އަހަރެންނަށް ވަރަށްހެވެ. އަހަރެންނަށް އެކަމުން ވިސްނުނީ ބޮޑު ވިސްނުމެކެވެ. އައިކީ އެނބުރި އައިކަމެވެ. އަހަރެންނަށް ހިތްހެޔޮކަމެވެ. ނިމުން ހަޑިވާހަކައާއި ނިމުން ހަމަ ސުމެކޭ ބުނެފައިވާތީ ނިމުން ރީތިކޮށްލަދިންކަމެވެ. އައިކީ އެނބުރިއައީ ހަމައެކަނި އަހަރެންނަށްޓަކައި ނޫންކަމެވެ. އައިކީ އަށް އަހަރެން މިލުކުވާން ނެތްކަމެވެ. އައިކީ އާއި އަހަރެންނާއި އޮންނަ ގުޅުން ހަތަމު ނުވާކަން ސާފުކޮށްދިނެވެ. އައިކީވެސް ލޯބި ވާކަން ދޭހަކޮށްދިނެވެ. ނަމަވެސް ހަޔާތަށް އައުން ވަނީ އައުމެއް ނުވާ ވުޖޫދެއްގައެވެ.


އައިކީ އެނބުރިއައީ ތަފާތުމީހެއްގެ ގޮތުގައެވެ. އައިކީގެ ސްޓޭޓަސް ބަދަލުވެއްޖެއެވެ. ނަމަވެސް އައިކީ އަހަރެންނާއި އެކު ތާއަބަދު ހުންނާނެ ވާހަކަ ބުންޏެވެ. ނަމަވެސް އެއީ ދުނިޔޭގަ އެކުގައި ހުރުމެވެ. ހަތުރުންނަށް ނުވާގޮތަށެވެ. މިތުރުންގެ ގޮތުގައެވެ. ހިތުން ހިތަށެވެ. އައިކީ އެނބުރިއައީ އޯގާތެރި ހިތަކައިގެންނެވެ. ހަމްދަރުދީގެ ބަސްތަކަކައިގެންވެ. އެނބުރިއައުމުންވެސް އިންތިޒާރެއް ނުނިމުނެވެ. އައިކީ އަހަރެންގެ އުނގުގެ ހިޔާވަހަކިކަމަށް އަންނަ ކުރި ދަތުރުވަނީ "ހުއްޓިފަ" އެވެ. އައިކީގެ އެނބުރި އައުން ވެގެން ދިޔައީ ފަލްސަފާއަކަށެވެ. އައިކީ އެނބުރި އައީ ދިހަފޫޓުގެ ރޭޑިއަސް އަކާއި އެކުއެވެ. އެޖާގައިގެ ތެރެއަށް ވަދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ހަބަރުތައް އަންނަނީ ކެނޑިކެނޑިގެންނެވެ. އައިކީ ބޭނުންވަނީ އަހަރެންވެސް އެހެން މީހަކު ހޯދަށެވެ. އައިކީ ބުނީ "ސިއްސައިގެން" ދާވަރުގެ ޖުމުލައެކެވެ. އައިކީ ބުންޏެވެ. މީހެއްގެ އަންބަކަށް ވުމަށްފަހު ދެން އިތުރަށް ގުޅުން ބޭއްވުމަކީ "ލާދީނީ" ކަމެކެވެ. ޤަބޫލު ކުރަމެވެ. މިހާރު އައިކީ އަހަރެންގެ މީހަކަށް ހެދުމަށް މަސައްކަތްކޮށްފި ނަމަ "ބަޤާވާތުގެ ސިފަ" ނުޖެހި ނުދާނެއެވެ. އޭރުން އަހަރެން ބަޤީއަކަށްވެ އައިކީ ލާދީނީ މީހަކަށް ވާނޭކަން ކަށަވަރެވެ. ނަމަވެސް ހަޤީޤަތް ވާނީ ހަޤީޤަތަށެވެ. އައިކީދެކެ ލޯބިވާހާ ހިނދު އެހެން މީހެއް ދެކެ އަހަރެން ލޯބިވާނީ ކިހިނަކުންހެވެ. ލޯބީގައި "ފުޅާ ކޯލިޝަނެއް" ހެދުމަކީ ވާނޭކަމެއް ނޫނެވެ. އައިކީއަށް ދުރަށް ދެވިދާނެއެވެ. ކިތަށްމެ ދުރަކަށް ދެވިދާނެއެވެ. ނަމަވެސް އައިކީއަށް އޮތް ލޯތްބެއް މިހިތަކުން ނުފޮހުވޭނެއެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved