Home » , » ކުރާ ކޮންމެކަމެއްގެ ފަހަތުގައި އެދުމެއްވޭ

ކުރާ ކޮންމެކަމެއްގެ ފަހަތުގައި އެދުމެއްވޭ

Written By Afey Afra on Friday 24 May 2013 | 03:56


އިންސާނުން ކަންކަމުގައި މޯޓިވޭޓް ވަނީ ނުވަތަ އެކަމެއް ކުރުމުގެ ރޫހު ގުޅިފައިވަނީ ކޮންމެސް ކަމެއް ހާޞިލު ކުރަން ކަމަށާއި އަދި އެކަން ކަމަކީ ނިމުމެއް ނުވާކަންކަން ކަމަށް ނަވާރަވަނަ ޤަރުނުގައި ރަޝިއާގައި އުޅުނު ނަފްސާނީ ސައިންޓިސްޓެއް ކަމަށްވާ އަބްރަހަމް މެސްލޯ ބުނެފައިވެއެވެ. މިކަމަށް ބާރުލިބިދޭ އަނެއް ހެއްކަކީ އިޤުތިސާދީ އިލުމު ކިޔަވާ ކުދިންގެ ތެރޭގައި މަސްހޫރު ޖުމުލައެއް ކަމަށްވާ "ހިއުމަން ވޯންޓްސް އާ އަންލިމިޓެޑް" ނުވަތަ އިންސާނުންގެ ބޭނުންތަކަކީ ފުދި ކޮޅުންލާނޭ ކަންކަމެއް ނޫނޭ ބޫނާ ބުނުމެވެ. އެއްކަމެއް ހާޞިލުވާއިރަށް އަނެއްކަމަކަށް ފައިކުރުކުރުމަކީ ދުނިޔޭގެ އާދައެވެ. އެއީ ދުނިޔޭގެ އާޖުފާޖު ހިނގަމުންދާގޮތެވެ.


އިންސާނުން ފުއްދަން ބޭނުންވާ ބޭނުންތައް މައިގަނޑު ގޮތެއްގައި އަންނަނީ މަރުހަލާތަކަކަށް ބެހިގެން ޗޭނުގަނޑެއްގެ ގޮތުގައި ނުވަތަ ހައިރާކީއެއްގެ ގޮތުގައި މަރުހަލާއަކަށްފަހު މަރުހަލާއެއް ކަޑަތުކުރާ އުސޫލުންނެވެ. އަޅުގަނޑުމެންގެ ކާބަފައިންވެސް މިކަމުގައި މިސާލުބަހަކަށް ޖަހައި ނަސޭހަތް ދީފައިވަނީ މިރިއަށް ނުވެ ގޮބޮޅި ދާގޮތަށް ގޮސް ކާއްޓަށް ނުވުމަށެވެ. އެހެން ކަމުން ރަޝިއާގެ އިލުމު ވެރިޔާ އަބްރަހަމް މަސްލޯ ނޫނަސް އަޅުގަނޑުމެންގެ ކާބަފައިންވެސް އެނަޒަރިއްޔާތު ވަނީ އެންމެ ޖުމުލައަކުން އިލުމެއްގެ ގޮތުގައި ގެނެސް ދީފައެވެ.

އިންސާނުންގެ ބޭނުންތައް ދަރަޖަކޮށް މައިގަނޑު ގޮތޮތެއްގައި ބެހިގެން ވަނީ ފަސް މަރުހަލާއަކަށެވެ. މަރުހަލާއަކަށްފަހު މަރުހަލާއެއް ކަޑަތު ކުރާގޮތަށެވެ.  އެންމެ ފުރަތަމަ އިންސާނާގެ ބޭނުމަކަށްވަނީ އޭނާ އަށް ޖިސްމާނީ ގޮތުން ލިބެންޖެހޭ މަންފާތަކެވެ. އޭގެ ތެރޭގައި ބަނޑުފުރާ މުއްތިކުރުމާއި، ފެނާއި، އަންނައުނާއި، ޝަހުވަތްތެރިކަމާއި، ނިދުން ހިމެނެއެވެ. މިކަންތައް ފުރިހަމަ ވުމަށްފަހު ދެން އިންސާނާއަށް އެންމެ ބޭނުންވަނީ ސަލާމަތީ ކަންކަމެވެ. އޭނާ ދުނިޔޭގައި ދިރިހުރުމަށްޓަކައި ވަށައިގެންވާ މާހައުލަކީ ސިއްހީ ގޮތުންނާއި ސަލާމަތީގޮތުން އެކަށޭނެ މާހައުލަކަށް އޭނާ ބޭނުންވެއެވެ. އަދި ދުނިޔޭގައި ހެޔޮލާލުގައި ސަޅި ދިރިއުޅުމެއް އުޅުމަށްޓަކައި ފައިސާ ހޯދުމަށް ހިތް އެދެއެވެ. އަދި އެއަށްފަހު އިޖުތިމާޢީ ބޭނުންތަކަކަށް އޭނާގެ ހިތް ލެނބެއެވެ. އޭގެތެރޭގައި އާއިލީ ލޯތްބާއި، އިޝްޤީ ލޯތްބާއި، އިޖުތިމާޢީ ގޮތުން ވަށައިގެންވާ މީހުންގެ ތާއީދާއި ރުހުމާއި މަދަދު ބޭނުންވެއެވެ. މިތިން މަރުހަލާ ޙާޟިލުވުމާއި އެކު ހަތަރުވަނަ މަރުހަލާގައި އޭނާ ދުއްވައިގަންނަނީ މުޅިން މިނިވަން ވުމަށެވެ. މުޖުތަމައުގައި ނުވަތަ އޭނާގެ ބާރު ހިނގާނެހެން ހީވާ ސަރަހައްދެއްގައި ނުވަތަ ތަނެއްގައި ބާރުވެރިވުމަށް ހިތް އެދިގަނެއެވެ. އޭނާ އެކުރާ ކަމެއްގައި ނުވަތަ އުޅޭ ދާއިރާއެއްގައި ނުވަތަ އުޅޭ މާހައުލެއްގައި ޑޮމިނަންޓް ޕަވަރ އަތުލުމަށް ވާދަކުރަން ފަށައެވެ. އޭނާގެ ފަހަތުން ދުވާނެ ބަޔަކު ތިބެންޖެހޭނެކަން ޤަބޫލުކޮށް އޭނާ އެތަނެއްގެ ބާރާއި ނުފޫޒު އަތުލައެވެ. އެއަށް ފަހު އެންމެ ފަހު މަރުހަލާގައި އޭނާ ބޭނުންވާ ކަންކަން ހާޞިލު ވެއްޖެކަމަށް އިހުސާސްކުރެވި އަމިއްލައަށް ފަހުރުވެރިވެއެވެ. އަދި އެކަމުގައި އޭނާ ތާއަބަދު ދެމިހުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ފަށާނެއެވެ. މީހުންގެ ކުރިމަތީގައި ފަހުރުވެރި ނުވާކަމަށް ދައްކަން އުޅުނު ކަމުގައި ވީނަމަވެސް ނަފްސާނީ އިލުމުވެރިން ޤަބޫލު ކުރާގޮތުގައި އެމީހަކަށް ފަސްވަނަ މަރުހަލާއާއި ހިސާބަށް އާދެވިއްޖެ ނަމަ އޭނާގެ އަމިއްލަ ނަފްސް ފަހުރުވެރިވާކަން ހާމަކުރާނެއެވެ. އަދި ހަޤީޤި މަންޒިލަށް ވާސިލުވެވިއްޖެކަން އިހުސާސްވެގެން ދެއެވެ. މިފަދަ ހާލަތްތަކުގައި ބައެއް މީހުންގެ ކޮންޓްރޯލުން ނެއްޓި ކިބުރުވެރިކަން ދައްކަން ފަށައެވެ. އެފަދަ  މީހުން މަޑުމަޑުން ބަނޑުހަނދޮޅިން ތިރިއަށް ފައިބަމުންގޮސް އޭނާއާއި އެންމެ އެކަށޭނެ މަރުހަލާގައި ހަރުލައެވެ.

މިއީ ދުނިޔެދައްކާ މިސާލެވެ. އިންސާނުންގެ ނަފުސު ދިރާސާކުރާ ޢިލުމުވެރިން ފޮތްތަކުގައި ލިޔެފައިވާ ގޮތެވެ. މިއީ ދެބަސް ވެވޭނޭ ހަޤީޤަތެއް ނޫނެވެ. އަޅުގަނޑުމެންނަށް ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މިމަންޒަރެވެ. ސިޔަސީ ދާއިރާއަށް ވިޔަސް އޮފީހަކަށް ވިޔަސް އަދި ވިޔަފާރީގެ ދާއިރާއަކަށް ވިޔަސް އިންސާނުން  ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ވަނީ މި މަފްހޫމެވެ، މިބޭނުންތަކެވެ. ނުބީހެންޏާ ކަނޑާ ހަމައެވެ.
Share this article :

4 comments:

  1. hazbarg ge two factor theory and mcclend ge needs theory ves genesdheyne kamah heekuran

    ReplyDelete
    Replies
    1. genes dheveytho masakaiy kuraane vaahaka dhannavan

      Delete
  2. Dhivehi Vaahaka, A parfect home for Dhivehi stories.
    www.dhivehivaahaka.com

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved