ގުދުރަތީ ނިޒާމްގެ
ތެރޭގައި ލައްވާފަވާ ދިރުން ހުރި ތަކެތި އެކަތިއަނެކައްޗާއި ގުޅި ލާމެހިގެންވާ
ތަފާތު ނިޒާމްތަކެއްގެ ތެރޭގައި އެމުނިއެކުލެވިގެންވާ ގޮތެއްގައި ދުނިޔޭގައި
ދުވަސްތައް ވޭތުކުރަމުންދާއިރު އަޅުގަނޑުމެން އިންސާނުންގެ ދިރިއުޅުމުގައިވެސް
ތަފާތު ނިޒާމްތައް ވަނީ އޭގެ ޒަތުގައި އުފެދިފައެވެ. އިޖުތިމާޢީ ވިސްނުމަކުން
ވިސްނާއިރު އާއިލާއަކީ ސޯޝަލް އިންސްޓިޓިއުޝަން އެކެވެ. މިއިންސްޓިޓުޝަންގެ
ބިންގާއެޅިގެންދަނީ ކައިވެންޏަކުން ނުވަތަ ފެށިގެންދާ ޒަވަޖީ ހަޔާތަކުންނެވެ. ޒަވާޖީ ހަޔާތެއްގެ ނިޒާމް
މަސައްކަތްކުރަމުންދަނީ އެމުޖުތަމައެއް ގަބޫލުކުރާ މިންގަނޑުތަކެއްގެ ތެރެއިން
މުހިންމު އަސާސްތަކެއް ކަނޑައެޅިގެންނެވެ. އެގޮތުން ދެމަފަރިންގެ ދެމެދުގައިވަ
ލޯތްބާއި އަޅާލުމާއި ފަވާތެރިކަމާއި އިތުބާރާއި، އެކަކު އަނެކަކަށް އިހުތިރާމް
ކުރުމާއިއެކު ދެމީހުންގެ އިހުސާސްތައްވެސް ދެމީހުންނަށް އެނގުމާއި ކޮމާންޑް އެންޑް
ކޮންޓްރޯލެއް އޮތުމާއި އެކު އާއިލާ ބިނާކުރުމާއި ދިރިއުޅުން އާރާސްތުކުރުމުގައި
ދެމީހުންގެ ދެމެދުގައި އޮންނަ މަސްއޫލިއްޔަތުތަކާއި ކަނޑައެޅިފައިވާ އިހުތިސާސްތަކަކީ
މަގަނޑު އަސާސްތައްކަމުގައި ބަލަމާ ހިނގާށެވެ. މިއަސާސްތައް ބިނަވެގެންވަނީ އެކި
އާއިލާތަކުގައި އެކި މިންވަރަށް ދެފަރާތްވެސް ރުހިގަބޫލުވާ މިންވަރެއްގެ މަތީގައި
އަދި އެކަންކަމަކީ މުޖުތަމައުވެސް ގަބޫލު ކުރާ ދަރަޖައެއްގައެވެ.
ޑޭ ޓު ޑޭ
ލައިފެއްގައި ނުވަތަ ދިރިއުޅުން ދުވަހުން ދުވަހަށް ކުރިއަށް ދާއިރު ބުނެވިދިޔަ
އަސާސްތައްމަތީގައި ދެމިހުރުމަކީ މުހިންމު ކަމެކެވެ. އަދި މިއިންކަމެއް މުގުރިގެން
ގޮސްފިނަމަ ނުވަތަ ސޮއްސާލައިފިނަމަ ވޭތުކުރަމުންދަ ޒަވާޖީ ހަޔާތުގެ ނިޒާމަށް
ލޮޅުން އަރާ ނިޒާމް ގެއްލޭ ގޮތް މެދުވެރިވެއެވެ. ގެއްލިއްޖެ އެއްޗަކަކީ އަނބުރާ
ލިބޭނެ އެއްޗެއް ނޫނޭ ބުނެވުނު ކަމުގައި ވިއަސް މިފަދަ ނިޒާމެއް ގެއްލިޖެނަމަ
އަނބުރާ ނިޒާމުގެ ހޯދުމުގެ ފުރަސަތުބޮޑެވެ. ނިޒާމުން ބޭރުވެގެން ދިޔައީ އަސާސް
ތަކުގެ ތެރެން ކޮންކަމެއްތޯ ބަލާ މުރާޖާކޮށް އެކަން ހައްލުކޮށް އަވަހަށް ނިޒާމުގެ
ތެރެއަށް އެކަން ވެއްދުމުން ކުރިން ހުރި ގޮތަށް އެކަން އިއާދަވެގެން ދެއެވެ.
ދިރިއުޅުމުގެ
ތެރޭގައި ޖެހޭ ކޫސަނި މައްސަލަތަކާއި ދެބަސްވުންތަކަކީ ނިޒާމުން ކައްސާލުން
ކަމުގައި ނުބެލެވޭނެއެވެ. ސަބަބަކީ މިފަދަ ކަންކަމަކީ ޖަޒުބާތުގައި ކުރެވޭ
ކަންކަމަށްވެފައި ޖަޒުބާތު ނިއުޓްރަލްވުމުން ހައްލުވެގެން ދާކަންކަމެވެ. ނިޒާމު
ގެއްލިގެން ދަނީ މައިގަނޑު އަސާސްކަމުގައި ބުނެވިދިޔަ ކަންކަމަށް ހުރުމަތްތެރިކޮށް
ނުހިތައި ނުވަތަ ފަރުވާކުޑަކޮށްލައިގެން ނުވަތަ ދުނިޔޭގެ އެހެން އެދުމަކަށް
ހެއްލިގެން ގޮސް އެކަން ހައްލު ނުކުރެވި ދިގުލައި ދިޔުމުންނެވެ.
ޒަވާޖީ ހަޔާތުގެ
ނިޒާމް ކޮންމެވެސް ސަބަބަކާއި ހުރެ ގެއްލިގެން ދާ ދަނޑިވަޅުގައި ހަމަޔަކަށް ނޭޅި
ދިގުލަދާގޮތްވަނީ ގޮތް ދޫނުކުރުމާއި ބަސް ގަބޫލު ނުކުރުމާއި އަދި އެކަމުން
ނިކުމެދާނެ ނަތީޖާ އަކާއި މެދު ދެފަރާތުން ނުވަތަ އެއްފަރާތުން ވިސްނާނުލާ ބަލި
ގަބޫލު ކުރަން ބޭނުން ނުވުމުންނެވެ. މިފަދަ ހާލަތްތަކުގައި ނިޒާމުން ބޭރުން
ކަންކަން ހިނގަމުންގޮސް ހައްލު ނުކުރެވި ދިގުލައި ދާނަމަ މަޑު މަޑުން ކަތުރުފަނި
ކާއުސޫލުން ދެންހުރި އެހެނިހެން އަސާސްތައްވެސް ގެއްލި ނެތިދެއެވެ. އަދި ތަފާތު
ޖަޒުބާތުތައް އުތުރި އަރައިގަނެ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލައެވެ. ޒަވާޖީ
ހަޔާތް އޭގެ ނިޒާމް އެއްކޮށް ފުނޑު ފުނޑުވެއްޖެނަމަ އަނބުރާ ނިޒާމު އަލުން
އެކަށައެޅުމުގެ އެއްވެސް ޗާންސެއް ނޯންނާނެއެވެ. މިފަދަ ހާލަތެއްގައި އެންމެ
ރަނގަޅު ގޮތެއް ކަމުގައި ދިރާސާތަކުން ދައްކަނީ ޒަވާޖީ ހަޔާތް ރިބްރޭންޑްކޮށް
އައިފަހަށް ނުބަލާ އާމަންޒިލަކަށް ދަތުރުކުރަން ފެށުމެވެ. ކުރިން ކުރި ދަތުރު
އަލުން އެއްދިމާލަކަށް ކުރުމުގެ ބަދަލުގައި މިސްރާބު ބަދަލުކޮށް އާމަންޒިލަކަށް ބީއްސާލުމަށްފަހު
އާދިރިއުޅުމެއް ހިފަގެން ހުޅުވިފައިވަ މާކަނޑަށް ފުންކޮށްލުމަކީ އެންމެ އެކަށޭނެ
ގޮތެވެ. ނުބީހެންޏާ ކަނޑާ ހަމައެވެ.
vvvvv. bodu thedheh. afra hiyvarukurathi. adhi hama afra fahathun dhuvane. ehchehge muhimmukan engeyny e ehcheh gehlidhiyaima.
ReplyDeletevarah salhi afey, varah kamudhaa liyumeh,
ReplyDeleteބައެއް ފަހަރު އެހެން ވާނެ ދެން ދެމީހުން ދެމީހުން ބަދަލުކުރޭ އޭރުން ރަނގަޅުވާނެ.
ReplyDeleteehnvane haana ebulhe viyya moya vegen...
DeleteDONBEY HIYYVARU KOHLAA FAHUNRAGALHUVAANE
ReplyDelete