Home » , » ބާޒާރުގެ ހާލަތް - އޮލިގޮޕޮލީ އަދި ޑުއޯޕޮލީއަށް ނަޒަރެއް

ބާޒާރުގެ ހާލަތް - އޮލިގޮޕޮލީ އަދި ޑުއޯޕޮލީއަށް ނަޒަރެއް

Written By Afey Afra on Monday 1 April 2013 | 04:40


މޮނޯޕޮލީ އާއި ހިލާފަށް ފުޅާ ދާއިރާއެއްގައި ހިދުމަތްދޭ ބޮޑަތި މަދު ވިޔަފާރިކުރާ ފަރާތްތަކަކުން ސިނާއަތު ޑޮމިނޭޓްކުރާ ކުރުމަށް އޮލިގޮޕޮލީއޭ ކިޔާއުޅެއެވެ. އެގޮތުން މިވިޔަފާރި ތަކަކީ އެއްވައްތަރެއްގެ ނުވަތަ ތަފާތު ވައްތަރެއްގެ މުދަލާއި ޚިދުމަތް ދޭ ވިޔަފާރިތަކަށްވެސް ވެއެވެ. އެހެނަސް އެއްބާވަތެއްގެ މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދެނީ އެންމެ ދެފަރާތަކުން ކަމުގައިވެއްޖެނަމަ އެފަދަ ހާލަތުގައި ކިޔާއުޅެނީ ޑުއޯޕޮލީއެވެ.  އޮލިގޮޕޮލީ އަދި ޑުއޯ ޕޮލީގެ ސިފަތަކުގެ ތަފްސީލަށް ކުޑަކޮށް ޖެހިލާނަމަ މިދެބަވަތުގެ ބާޒާރުގައިވެސް އެއްގޮތް ސިފަތަކެއް ހުރެއެވެ.


ވިޔަފާރިކުރާ ފަރާތްތައް އެއްބަޔަކު އަނެއްބަޔަކަށް ގުޅި ލާމެހިފައިވާ ލާމެހުމަކީ އޮލިގޮޕޮލީ އަދި ޑުއޯޕޮލީގެ އެންމެ އަސާސީ އެއް ސިފައެވެ. އެގޮތުން ވިޔާފާރި ހިންގުމުގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވެ ގޮތް ނިންމަން ޖެހުމަކީ މިވައްތަރުގެ ވިޔަފާރިތަކުގެ އާދައެވެ. މިފަދަ ހާލަތްތަކުގައި އޮޕަރޭޓް ކުރަނީ މަދު ފިޔަވާރިތަކެއްކަމުން  އަގު ކަނޑައެޅުމުގައި އެއްބަޔަކު އަގަށް ގެންނަ ބަދަލެއްގެ ސަބަބުން އެހެން ވިޔަފާރިތަކަށް ވެސް މިކަމުގެ އަސަރު އިންތިހާއަށް ކުރަމުންދެއެވެ.

މިކަން މިގޮތަށް ހުރިކަމުގައި ވީނަމަވެސް މިފަދަ ވިޔަފާރިތަކަކީ އޭގެ ޒާތުގައި އަޑު ކިޔާފައި ނިކަން ވަދަވެރިކަމާއި އެކު ކުރިއަށްދާ ވިޔަފާރިތަކަށްވެސް ވެއެވެ. އެގޮތުން އިސްތިހާރުކުރުމަށް ކުރެވޭ ހޭދައަކީ ހަރަދެއްކަމަށް ވިއަސް އޮލިގޮޕޮލީ އަށް ނިސްބަތްވާ ވިޔަފާރިތަކުން ދެކެނީ އެއީ އެމީހުންގެ ލޭނާރުކަމަށެވެ. ސަބަބަކަށް ވެފައި ވަނީ ސީދާ އެއްބްރޭންޑަކަށް ނުވިޔަސް ކޮންސިއުމަރުންނަށް އެހެން ދިމާލަކުން އެއާއި އެއްފަދަ މުދަލަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ބޮޑުވެފައިވަތީއެވެ. މިސާލެއް ދަންނަވާނަމަ ދިވެހިރާއްޖޭގައި ކިރުގެ ބާވަތްތައް އިންޕޯޓްކޮށް ހޯލް ސޭލްކުރާ ފަރާތްތަކުން ކިރު އިސްތިހާރު ކުރާކުރުން ފުދޭނެއެވެ.

މޮނޯޕޮލީއާއި އެއްގޮތަށް މިފަދަ ވިޔަފާރިތަކަށްވެސް އަލަށް ބަޔަކު ވަނުމަކީ ވަރަށްވެސް ގިނަ ދަތި ހުރަސްތަކެއް ދިމަވާކަމެކެވެ. ސަބަބަކަށްވެފައި ވަނީ އެފަދަ ވިޔަފާރިތަކަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ބަޔަކަށްވެފައި އަލަށް ވަންނަ މީހުންނަށް އެއްހަމައްގައި ހިފަހައްޓާލަން ބޭނުންވަނަމަ ބޮޑު އިންވެސްޓެއް ކުރަންޖެހުމެވެ. ނޫނީ ފެށި ވިޔަފާރި ބަނގުރޫޓުވެ ފޫނެއް ފަޔަށް ފެންފުރަން ޖެހޭ ފަހަރުވެސް އަތުވެދާނެތީއެވެ. މީގެ އިތުރުން މިފަދަ ވިޔަފާރިތަކުގައި ވިއްކާ ގިނަ މުދާތަކުގައި ޓްރޭޑް މާރާކް ޖެހި އެމީހުންގެ ތަރިކައެއްގެ ގޮތުގައި ސިއްކަ ޖަހާފައި ހުންނަ ހުރުމުގެ ސަބަބުންވެސް އަލަށް މިފަދަ ބާޒާރެއްގެ ތެރެއަށް ބަޔަކަށް ވަނުންވަނީ އިންތިހާއަށް އުނދަގޫވެފައެވެ.

އޮލިގޮޕޮލިސްޓިކް ވިޔަފާރިތަކަށް މުޅި ދުނިޔެއަށް ނަޒަރު ހިންގާލާއިރު އަޅުގަނޑުމެންނަށް އެންމެ ރައްޓެހި މިސާލެއްގެ ގޮތުގައި މޯބައިލް ފޯން އުފައްދާ ކުންފުނިތައް ފުދޭނެއެވެ. ދެން އެއަށް ވުރެ ކައިރިން ޑުއޯޕޮލީގެ މިސާލަކީ ދިވެހިރާއްޖޭގައި ކައްކާގޭހުގެ ވިޔަފާރިއެވެ. ވިލާ ގޭހާއި އެސްޓީއޯ ގޭހެވެ.

އޮލިގޮޕޮލީ އަދި ޑުއޯޕޮލީ ފިޔަވާރިތަކުގެ އެންމެ މަސްހޫރު ސިފައެއްގެ ގޮތުގައި އިޤުތިސާދީ މާހިރުން ނިސްބަތްކޮށްފައި އޮންނަނީ ކާޓެލް ހެދުން ނުވަތަ މޭޒުދަށުން ހަދާ އެގްރިމެންޓް ހެދުމެވެ. އެގޮތުން އަގު ފިކްސްކުރުން ނުވަތަ އަގަށް ގެންނަ ބަދަލުތަކުގައި މިފަދަ މީހުން އެއްގަލަކަށް އަރައި މޭޒުންދަށުން އެގްރިމެންޓް ހަދާވާހަކައަކީ އިޤުތިސާދީ ނަޒަރަކުން ވިސްނާއިރު ނުވެނުދާނޭކަމެކެވެ. އެގޮތުން ކާޓެލް ހެދުމުގައި އެންމެ ފުންނާބު އުސްކޮށް އަދި އެންމެ މަސްހޫރުވެފައިވާ ބަޔަކީ ތެޔޮ އުފައްދާ ގައުމުތަށް (އޯޕެކް) އެވެ. އެމީހުން ކޮންމެ މަހަކު އެއްފަހަރު އެއްމޭޒެއްދޮށުގައި އިށީންދެ ތެޔޮއުފައްދާނެ މިންވަރު ކަނޑައެޅުމާއި މެންބަރު ގައުމުތަކުން އެކްސްޕޯރޓް ކުރާނެ މިންވަރާއި އަގު ކަނޑައެޅުމަކީ ފާޅުކަންބޮޑުގޮތެއްގައި ހިނގާކަމެކެވެ. ދިވެހިރާއްޖެއަށް ވިސްނާލާއިރު ހުސްވިއަހަރު ވިޔަފާރީގެ ބޮޑު ސުރުހީއެއްގެ ގޮތުގައި ވާދަވެރިކަމާއިއެކު ހިދުމަތްދޭ ދިރާގާއި ވަތަނިއްޔާއިން ހިދުމަތުގެ އަގުބޮޑުކުރުމަށް ޓެލެކޮމިއުނިކޭޝަން އޮތޮރިޓީއަށްހުށަހެޅި ހުށަހެޅުން ހިމެނެއެވެ. މީގެއިތުރުން އެސްޓީއޯ އާއި ވިލާއިން ކައްކާ ގޭސް އެކުއެކީގައި ބޮޑުކޮށްލި ކޮށްލުމަށް ކާޓެލް އެއްގެ ގޮތުގުގައި ގިނަބަޔަކު އިނގިލި ދިއްކުރިއެވެ.
Share this article :

1 comments:

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved