Home » , » ފަހުނޭވާ ނިކުމެދާއިރު.....

ފަހުނޭވާ ނިކުމެދާއިރު.....

Written By Afey Afra on Sunday 24 February 2013 | 00:16


ޒިޔާދާ އާއި ހަތަރުކަޅި ހަމަކުރާކަށް އަހަރެންގެ ހިތް ހަމަ އެއްގޮތަކަށްވެސް އެއްބަސް ވާގޮތެއް ނުވިއެވެ. އަމިއްލަ ޒަމީރު އެކަމާއި އިންކާރުކޮށް ދެކޮޅު ހަދަނީ އެވެ. ބޭވަފާތެރުވެފައިވާ މީހެއްގެ ކައިރިއަށް ދެވަނަ ފަހަރަށް ދަށުވެގެން ބައްދަލުކުރަން ދާން އުޅުމުން މީހުން މަލާމަތްކޮށްފާނެތީ ކަންބޮޑުވަނީއެވެ. އެންނަމަވެސް އަހަރެންގެ ހިތުގެ އުދާސްތައް ބޭރުކުރަން އިންތިހާއާށް ބޭނުންވެއެވެ. އަހަރެން ބުނަންއުޅޭ އެއްޗެއްވެސް އެނގޭނީ ހުދު އަހަންނަށެވެ. ދުނިޔެއަށް ރޭކާވެސްލާނީ އެވާހަކަ ބުނީމަތާއެވެ. ސޯފާސެޓަށް ކުރުގެޅިގެންއޮވެ ފުރުޅިލުމަށްފަހު ކުޑަ މޭޒް ދަމާލުމަށްފަހު ފޮތުގައި ބިސްމިއާއި ވެދުން އަޅާލީމެވެ.

                  އަހަންނަށް ތިބާ ފެނުނުދުވަހު ރީތިކަމުން ފުންލޯބި ވިއެވެ. މަސްތުވެގެން މިތުރާ ފެނިފައި ފަހަތުން ދެވެން ފެށިއެވެ. ލޯބިވާކަން ލޯބި ހިތަށް އަންގައިދޭން ބޭނުންވިއެވެ. އެހެންނަމަވެސް "އަދުމިވީ ކީއްހެ ދެން ހިތް ޖެހިލުންވަނީ، ހަމާކޮށްދޭން ދުލުން ހަމަ ބަސްހުއްޓެނީ" މިސުވާލާއި މެދު ވިސްނެން ފެށިއެވެ. ސަބަބަކީ ޖެހިލުން ވާތީއެވެ، ގޭދޮރުމަތީގައި ވަގުކަޅި އެއްލައިގެން ހުންނައިރު ފަރިހިނގުމެއްގައި މިތުރާ ދާއިރު ފަރިމިތުރާ އުފަލުން ދާއިރު ހައިރާންވެ އަންތަރީސްވެފައި ހުރެވުނެވެ. އަދި އެއްރެއްގެ އިރާކޮޅު ފިރިހެން ކުއްޖަކު އައިސް ރަތްފިނިފެންމަލެއް ދިކޮށްލިވަގުތު ތިބާ އޭގައި ހިފުމުން އަހަރެން މީ ހާދަ ނަސީބު ދެރަ މީހެކޭ ހިތަށް އެރިއެވެ. "ތިޔަ ހިތް އަދުނަސީބުގައި ނެތްއިރު ކީއްވެބާ އިންތިޒާރު ކުރެވެންވީ؟ ކީއްވެހޭ ލޯބިދެން މަށަށް ވެވުނީ؟ ކީއްވެހޭ ހިތްއެކީ މިހެންދެވުނީ؟" އަދި އެމަންޒަރު އަހަންނަށް ސިފަކުރެވޭ ކޮންމެ ފަހަރަކު ގިސްލެވިފައި "ކީއްވެބާއޭ މަށަށް މިތަން ފެނުނީ މާކުރިންމަރުވިނަމަ ކިހާހެޔޮހޭ" ބުނެ އަމިއްލަ ޒަމީރާއި ސުވާލުކުރެވެއެވެ. އެހެންނަމަވެސް ހުރިހާވެސް އެއްޗަކީ އަހަރެންގެ ހިތެވެ، ނުގުޑާފަދަ އަޒުމެވެ. އަހަރެންގެ ހިތް އަހަންނަށް އިތުބާރުކުރެއެވެ. "ހިތްބުނޭ ހައްޤެކޭ މަގޭ ތިޔައީ ހިތްވަރާއި އެކު ހިނގާށޭ ކުރިއަށް ދާން" އަހަރެންގެ މޮޓާއަކަށް މިލފްޒްތަށް ހަދައި ތިޔަ ލޯބި އަހަރެން ހާޞިލް ކުރީމެންނުންހެއްޔެވެ.


            ލޯބިވާއޭ ތޭރީ ލޯބިވާއޭ މޭރީ އަހަންނަށް ތިޔަލޯބި ހާޞިލް ކުރެވުނީ ޖެހިލުންކުޑަކަމާއި އެކު ކުރިމަތި ލައިގެންނެވެ. އިޝްޤް ޙާޞިލްވީމާ އަހަންނަށް ހުރިހާކަމެއްވެސް ނިމުނީ ކަމަށް އެދުވަހު ހީވެފައި އޮތެވެ. ހުޅެވި ހަނދުގެ މަސްތީ އަލީގައި ތިބެ އެރޭ ހާދަލޯބިން ސަމާސާ ކުރީމެވެ. ސަނދުރަވީ ފަނޑުފަނޑު އަލީގައި ކަނދުމަތީގައި ތިބެ ކުރިހާ ހުވާތަށް އަދިވެސް އަހަރެންގެ ހިނދުރީގައި ހަރުލާވެއެވެ. މޭގައި އެރޭ ފިރުމާލާ ހިތާ ކުޅެލުމުން އުފަލުން ހިތް ފޮޅިގެން ދިއައެވެ. ކުޑަބަނޑޮހަށް ދަތުރު ދިޔަދުވަހު ކަލާ މޫދަށް ގެނބިގެން ނެގިވަގުތު "ކާކު އަހަންނަށް ވާނީ އެހީއެއް ނެތްނަމަ މިއަދު ކަލާ" މިހެން ބުނެ އަހަރެންގެ ކޮނޑުގައި ބޯ އަޅާލުމުން އެބުނިބަސްމަތީގައި "މަރުވާން ނޫނީ މަށެއް ނުދާނަށް ދޫކޮށްލާފައި ކަލާ" މިހެން އަހަރެން ބުނިހަނދާން ނުވޭހެއްޔެވެ. ހުވާތަކާއި ވައުދުތައް ހަނދާނައްތާލައިގެން ހުއްޓެއްކަމަކު އަހަރެން އަދިވެސް މިހިރީ އެދުވަހު ބުނި ބަސްމަތީގައެވެ.

            ވައިގަދަ ކަޅުފޮއި  އަނދިރި ރެއެއްގެ އިރާކޮޅު ދިމާވި ކުޑަކުޑަ ހިތްހަމަ ނުޖެހުމަކުން ތޫފާނެއް ވެރިވެ ދެހިތަށްވެސް އޭގޭ އަސަރުކޮށް އަހަރެންގެ ލޯބި ކަނޑުގެ ރާޅުތަކާއި އެކުވެ އޮޔާގޮސް ބެހި ހުސްވީއެވެ. ފަރުބަދަތަކާއި ހިލަތަކާއި ވެއްޔަށް ބަދަލުވާފަދައި އިޝްޤީ މިލޯބިން ގުޅުނު ދެހިތެއްގެ ފެށުމަށް ނިމުން އެގެނުވީ ފެންފޮދެއް އަރުތެރެން ދާހާ އަވަހަށެވެ. މިއީ ހަމަ ދުނިޔޭގޭ ޤާނޫނު ބާއެވެ. ތަޤުދީރު އެނގޭނަމައީ އެދުވަސް އަލުން ހޯދަން ކޮންމެމީހަކުވެސް މަސައްކަތްކުރާނެއެވެ. ލޯބިގެ އުފަލާއި އޭގަވި ހޫނާ އިޙްސާސްކުރަން ނުޖެހޭ ހިތެއް ދުނިޔޭގައި ވަރަށް މަދުވާނެއެވެ.
     
            ޒިޔާދާ އަހަންނަށް މާއާފް ނުކޮށް ފުރަގަސް ދޭންވީ ކީއްވެހެއްޔެވެ، ފޮހެލީ ތިބާ މިނަން ތިޔަހިތުން މަށާ މިހާރު ވަކިވީހޭ؟ ބުނާށެ ލޯބި ނުވަނީހޭ؟ މިއީ އަހަރެން ޒިޔާދާއި އެންމެ ފަހުން ކުރި ސުވާލުތަކެވެ. އިތުރަކަށް ދެން އިންކާރު ކުރަންޖެހުނު ސަބަބު ތަޙްޤީޤުކޮށް ސުވާލުކުރާކަށް ބޭނުމެއް ނެތެވެ. އަހަންނަވެސް މިހާރު ދުނިޔެ ދަސްވެއްޖއެވެ. ދަސްވެ ބާވެއްޖެއެވެ. އާއްމުގޮތެއްގައި ހިތާމަތަކެއް ކުރާކަށްވެސް ބޭނުމެއް ނުވެއެވެ. ރަންމުތެއްހެން ވިދިޔަކަސް ތިޔަކަށް ދެނެއް ނުބަލާނަމޭ، އަދި ހަނދަކީ ކަލާކަމުގައި ވިއަސް ތިޔެހެން ދެނެއް ނުހިނގާނަމޭ އަދި ފަހުން ކަލާ ރުހުނަސް މަށާ ތިޔަކަށް ދެނެ ނުބަލާނަމެވެ. އިންސާނެއްގެ ހިތަށް ކަށިޖެހޭނީ އެއްފަހަރުއެވެ. އެކަމަކު ލޯބިވާ ވާހަކަ ބުނެލާނަމެވެ. އެއީ އަހަރެންގެ ޝުއޫރެވެ.

            ނަމަވެސް އަހަރެން ޒިޔާދާއަށް ވަސިއްޔަތެއް ކުރަމެވެ. އަހަރެން ދުނިޔެއާއި އަލްވަދާއު ކިޔާދުވަހު ކަލާ ދުނެޔޭގައި ހުރެއްޖެ ނަމަ "ލޯބީގައި ބާކީވި އިންސާނެއް" މިއިބާރާތްކޮޅު އަހަރެންގެ މަހާނަ ގަލުގައި ކަލާގެތިޔަ ފަރި ދެއަތުން ލިޔެލަދޭށެވެ. އޭރުން އެތަނަށްދާ އެެންމެންނަސްވެސް ލޯތްބަށްޓަކައި ހަނގުރާމަކޮށް ދުނިޔެ އަޅާދާމީހުން އުޅުނުކަން އެނގޭނެއެވެ. މިއީ އަހަރެންގެ އެންމެ ފަހުބަހެވެ. އަހަރެން މަރުވަދާގަޑީގައިވެސް ކަލާ ފެންނަން ހުރެއްޖެ ނަމަ އަހަރެންގެ ޝުޢޫރު ފާޅުކޮށް ބުނެލަން ބޭނުންވަނީ "އިޙްސާސްވޭ ހާދަ ވޭނެއް ހިތަށް، ބާކިވެ ލޯބީގަ މާޔޫސްވެފާ،ހިތްދަތިކަމޭ މަށަށް ދެން އޮތީ ހިތްދަތިކަމޭ އަޒްލުގާ" އިޙްތިރާމައި އެކު ނިންމާލީއެވެ. –އަބަދުވެސް ޒިޔާދެކެ ލޯބިވާ ދަންޑަހިލް-

              
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved