Home » , , » މާޒީވީ ހިތިދައުރުން - ހަނދާން

މާޒީވީ ހިތިދައުރުން - ހަނދާން

Written By Afey Afra on Wednesday 13 November 2013 | 05:00

މާޒީވީ ހިތިދައުރުން ކުރީގެ ބައިން
- ގްރޭޑް 1 ނިންމާފައި ލިބުނު ބޮޑު ޗުއްޓީގައި އައްޑޫއަށް (އަސްލު ރަށެއް ނޫން) ބަލާލަން ދާންޖެހޭކަމަށް އަހަރެންކައިރީގައި މަންމަ ބުންޏެވެ.
- އެއޮޅިގަނޑު އެވަގުތު އަހަރެންނަށް އަލުވަދާއު ކީކަމެއް އަހަރެންނަކަށް ނޭގުނެވެ.
- މަންމަ އަހަރެން ކައިރީ ބުންޏެވެ. "ދަރިފުޅު މަޑުކުރޭ، ދަރުފުޅު މިރަށަށް ގެނައީ ކިޔަވަން،
- ބިޔަ ބާނިތަކުގެ ތެރެއިން މަންމަ ނިކުމެގެން އެދިޔައީ ބީރައްޓެހި ރަށަކަށް އަހަރެން ދޫކޮށްލާފައެވެ. އަހަރެން ބަލަބަލާ ހުއްޓައެވެ.
ކެތްކުރަން މަޖުބޫރެވެ. ރޯލާ ރޯލުމާއި ލޮލުން ބާލާ ކަރުނައިގެ ސަބަނުން ހިތަށް ލުއިކޮށްލަދެއެވެ. އާއިލާ އާއި ދުރުގައި އަހަރެން މިއޮތީ ކީއްކުރަންބާއޭ، މަންމަ އަހަރެން ބެހެއްޓީ ކިޔަވާށެވެ، އަހަރަން އޭރުވެސް އިންތިހާއަށް ކިޔާވާހިތްވިއެވެ. ކޮންމެ ރެއަކުވެސް އަހަރެން ނިދަނީ ރޯލާފައެވެ. ގިސްލުމާއި އެކު ވަރުބަލިކަންމަތީގައި ނިދުމަކީ އަހަރެންނަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. ތަފާތު އެއްޗެހި ހިތަށް އަރައެވެ. އެއްރެއެއްގައި އަހަރެންގެ ހިތަށް އެއްޗެހިތަކެއް އެހެންޏާ ނާރާވަރަށް އަރައިގެން ދިޔައެވެ.................
ކުރަންޖެހޭ ކަންތައްތައް ވަކި ނިޒާމެއްގެ ތެރެއިން ތަރުތީބަކުން ކުރެވެމުންދިޔައެވެ. މިރަށުގައި އެހެންވެސް ބީރައްޓެހި ކުދިން ތިބުމުން އަހަރެނަށް ހިތްހަމަ ޖެހުން ގެނުވައެވެ. މައިންފައިންނާއި ދުރުގައި އުޅޭ ކުދިން ކުރަމުންދާ އިހުސާސް އެފަދަ ކޮންމެ ކުއްޖަކުވެސް ކުރަމުންދެއެވެ. ނަމަވެސް ގްރޭޑް 2 ގައި އަހަރެންގެ ކުލާހުގައި އެފަދަ ކުއްޖަކު ނެތަސް އަހަރެން އެކަނިވެރިއެއް ނުވެއެވެ. އަހަރެންނަށް ފުރަތަ ކޮޅުގައި ދިމާވި ބޮޑު ގޮންޖެހުމަކީ ބަހަށް ފަރިތަ ނުވުމެވެ. އެރަށު މީހުން އަހަރެން ދައްކާ ބަހާ ތަފާތުކޮށް ވާހަކަ ދައްކާތީ ބައެއް ފަހަރަށް ނަގައިގަންނަށް އުދަގޫވިއެވެ. އެއްފުރައިގެ ކުދިންނާއި އެކު އެޅެންފެށުމުން އެކަމަށް ހައްލެއް ލިބިގެން ދިޔައެވެ.


ސްކޫލަށް ދިޔުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ހެނދުނު ގަޑީގައި ކުރަންޖެހޭ ކަންތައްތައް ގަޑިއަށް ނިންމާލެވެއެވެ. އެއުމުރުގައިވެސް އެފަދަ ކަންކަން ކުރަން މަޖުބޫރުވެގެން ދިޔުން އެއީ އަހަރެންނަށް ލިބުނު ފިލާވަޅެކެވެ. އަންހެނަކަށް ވުމަށް ލިބިގެން ދިޔަ ފުރުސަތެކެވެ. ކޮންމެ ދުވަހަކުވެސް ހަނޑޫ ހޮވާ، ހަނޑޫ ދޮވެ، ހުނި ގޭނުމަކީ އަހަރެންގެ މަސައްކަތެވެ. އެއަށް ފަހު ސޫކޫލަށް ދިޔުމެވެ. އެކަމަކު ސްކޫލަށް ދިޔުމަކީ ވޭނެކެވެ.

ބަރު ފޮތް ދަބަސް ހިފައިގެން ސްކޫލަށް ދާއިރު ފެންކަޅިވެއެވެ. އެހެންކުދިން މަންމައާއި އެކު ދާއިރު އަހަރެންނަށް ފުން އަސަރުތަކެއް ކުރުވައެވެ. ނަމަވެސް ހިތާދެކޮޅަށް ނަމަވެސް ހާލަތަށް ހޭނެން އަހަރެންނަށް ވަނީ މަންމަ ދަސްކޮށްދީފައެވެ. ރަށުގައި އުޅުނު އިރުގެ އަރާމު ދިރިއުޅުން ހަނދާން ނައްތާނުލެވުނެވެ. ކުރިމަތިން ފެންނަމުންދަނީވެސް އެފަދަ މަންޒަރު ތަކެވެ. އަހަރެން ހުރިގޭގައި އަހަރެންނާއި އެފުއްރާގެ ފިރިހެން ކުއްޖެއް ހުރެއެވެ. އެއީ ޒައިދުއެވެ. ޒައިދުގެ މަންމަ ޒައިދު ރީތި ކުރުވައި ކާންދީ ބޯންދީ ހަދައިގެން ސްކޫލަށް ގެންދެވެ. އަހަރެންވެސް ނިކުމެގެން ދަނީ އެގެއިންނެވެ. މަރިޔަމްދައްތަގެ ކޮނޑުގައި ޒައިދުގެ ދަބަސް އޮންނައިރު މެންދުރުގެ ރަތްދައްކަ ހޫނުގަނޑުގެތެރޭގައި އަހަރެން ސްކޫލާއި ހަމައަށް ދަނީ ދަބަސްގަނޑާއި އެކު ކުކުރަމުންނެވެ. މިކަމަށް ލުޔެއް ލިބޭނީ ކޮންދުވަހަކުންބާއޭ، މަންމައަށް މިކަން ނޭގެނީއެވެ. އެނގޭނަމަ އެހެން ހައްލެއް ހޯދާނެއެވެ. ބޮޑު ޗުއްޓީ އަންނާނެ ދުވަހެއް ނޭގެއެވެ،


ހިތްދަތިވެގެން ގޮސް އެނދުމަތީގައި އޮވެފައި ވަރަށް ބާރަށް ރޮއި ގަނެވުނެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved