Home » , » ހަނގަޑު އަލިކޮށް ބެހެއްޓުމަށްޓަކައި މާމުއި

ހަނގަޑު އަލިކޮށް ބެހެއްޓުމަށްޓަކައި މާމުއި

Written By Afey Afra on Sunday 13 October 2013 | 22:30

ޝަޒާގެ ބިއުޓީ ކޮލަމް

ހަނގަނޑު އަލިކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި މާމުޔާއި ކުކުޅު ބިހަކީ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ތާޒާ މާމުއި މޫނާއި ކަރުގައި އުގުޅާލުމަށްފަހު 15 މިނިޓް ވަންގެން ބަހައްޓާށެވެ. އެއަށްފަހު ފިނި ފެނުން މޫނު ރަގަޅަށް މޫނު ދޮވެލާށެވެ. މީގެ ސަބަބުން ހަންގަނޑު މަޑުވެ، އޮމާންވެ މޫނަށް ވިދުމެއް އަންނާނެއެވެ. މިފަދަ ނަތީޖާއެއް ބޭނުންނަމަ ރޯ ތާޒާ މާމުއި ހަފްތާއަކު 5 ފަހަރު މޫނުގައި އުގުޅާށެވެ.



ބިހުގެ ލޮންޖާއި މާމުއި އެއްކޮށްގެންވެސް ހަނގަނޑަށް ފަރުވާ ދެވިދާނެއެވެ. އެގޮތުން ބިހުގެ ލޮންޖާއި މާމުއި އެއްކޮށްލުމަށް ފަހު މޫނުގައި އުގުޅާލާފައި 20 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ރަގަޅަށް މޫނު ދޮވެލާށެވެ. މޫނުގައި ދުވާ ބިސްވަސް ފިލުވާލުމަށްޓަކައް މީރުވަސްދުވާ ސައިބޯންޏެއް ބޭނުން ކުރާށެވެ. އާންމުކޮށް މިބޭނުން ކުރަން ފެށުމުން މޫނުގެ ހަންގަނޑު އަލިވާން ފަށާނެއެވެ. 

ޝަޒާގެ ފަހުގެ ލިޔުންތަކުން


Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved