Home » , » ތުއްތުކުދިން - ޤައުމުގެ ކުރިމަގު

ތުއްތުކުދިން - ޤައުމުގެ ކުރިމަގު

Written By Afey Afra on Wednesday 12 December 2012 | 03:18


ތުއްތުކުދިންނަކީ އެކުދިންނަށްވެސް ގިނަގުނަ ހައްޤުތަކެއް ލިބިގެންވާ އަޅުގަޑުމެންގެ ހިތުގެ ކާނާއެވެ. އަދި އެއީ ޤައުމުގެ ކުރިމަގެވެ. ލޮބުވެތިވި ތުއްތުކުދިންނަކީ ތިލަކޮށްބުނާނަމަ ޤައުމުގެ ރައުސުލްމާލެވެ. އެކިއެކި ޢިލްމީ އަދި ފަންނީ ހޯދުންތަކުން ދައްކާގޮތުން އިންސާނާ ދުނިޔޭއަށް އުފަންވާ ވަގުތުން ފެށިގެން ފަސްއަހަރާއި ދެމެދު ކުރިމަތިލާންޖެހޭ ކަންތައްތަކާއި ކުރެވޭ ތަޖުރިބާ ތަކުން އުމުރުގެ ބާކީބަޔަށް ވަރުގަދަ އަސަރުތަކެއް ކުރެއެވެ.

ތުއްތުކުއްޖާ ތަރުބިއްޔަތު ވަމުން އަންނައިރު އަމިއްލަ ނަފްސާއި އެހެމީހުން ވަޒަންކުރުމާއި، އަދި އުގެނުމުގެ ހުނަރާއި މިދެކަންތައް ގުޅިފައިވަނީ ކުއްޖާކައިރީގައި އުޅޭ މީހުންގެ އަމަލުތައް ހުންނަގޮތަށާއި އަދި އެކުއްޖަކާއި މެދު އެހެން މީހުން އަމަލުކުރާގޮތުގެ މައްޗަށެވެ. ފޭރާންހެޔޮ އެކުވެރި މުޖުތަމަޢުއެއް އޮންނަ ޤައުމިއްޔަތެއް ބިނާކުރެވޭނީ ތުއްތުކުދިންނަށް އެކަށީގެންވާ ރަނގަޅު ތަޢަލީމަކާއި، ތަރުބިއްޔަތެއްދެވިގެންނެވެ. އެގޮތުން އާއިލާތަކައި ޅަފުރައިގެކުދިންނަށް ތައުލީމުދެއްވާ ފަރާތްތަކުގެ އެއްބާރުލުމާއި މަދަދާއިއެކު އެކުދިންނަކީ ހެޔޮބަސްއަހާ ހެޔޮބަސްގަބޫލްކޮށް މުޖުތަމަޢުގައި ހުލުޤުރިވެތި ގޮތްތައްކަށް ބޯލަބައިގެން ދިރިއުޅޭ އުފެއްދުންތެރިކުދިންކަމުގައި ވުމަކީ ނުމެނުދާނޭކަމެކެވެ.


ހަމަޖެހޭ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގައި ކާމިޔާބުގެ އައްސޭރިއަށް ވާސިލްވެވެން އަންނަނީ އަޅުގަނޑުމެންގެ ތަސައްވަރު އަންނަނިވިގޮތަށް ބައްޓަންކޮށް އެއާއި އެއްގޮތަށް އަމަލުކުރެވިގެންނެވެ. އަޅުގަނޑުމެންގެ ތަސައްވަރަކަށް ވާންޖެހޭނީ، އެކުދިންގެ އާއިލާއަކީ ކޮންމެ ކުލައަކަށް ނިސްބަތްވިއަސް އަދި އެކުދިންނަކީ އިޖުތިމާއީ ގޮތުން ކުޅެދުންތެރިކަމެއް ހުއްޓަސް ނެތަސް ކޮންމެ ކުއްޖަކާއި މެދުވެސް އިހުތިރާމާއި އެކު މުއާމަލާތްކުރުމެވެ.

ގެއަކީ ކުއްޖާގެ އެންމެ ފުރަތަމަ މަދުރަސާއެވެ. މައިންބަފައިންނަކީ ކުއްޖާއަށް އެންމެ ފުރަތަމަ ތަޢަލީމުދޭ އަދި އެންމެ މުހިންމު މުދައްރިސުންނެވެ. އާއިލާގެ މެންބަރުންގެތެރެއިން ލިބޭ އޯގާތެރި ފިރުމުންތަކާއި އެކުދިންނާއި މެދު ބަހައްޓާ އުހުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާ ގޮތްތަކެއްގެ ސަބަބުން ކުއްޖާ އެންމެ ތުއްތު ދުވަސްވަރުވެސް އެކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެއިންނާއި ދައްތައިން ދެނެގަނެއެވެ. އެބޭބެއިންނާއި އެދައްތައިންގެ މަންމަޔަކީވެސް އެއްކުއްޖާގެ މަންމަކަން އެކުޑަކުއްޖާ ކަށަވަރުކުރެއެވެ. އަދި އެމީހުންގެ އަމަލުތަކާއި އެކުއްޖާއާއި މެދު ގެންގުޅޭ އުސޫލުން އެކުއްޖާއަކީ އާއިލާގެ ތުއްތުކުއްޖެކަމަށް އެކުޑަކުޑަ ހިތާއި ނަފްސުން ގަބޫލުކުރެއެވެ. އަދި އެމީހުންގެ ގައިގާ ހުރި ރަނގަޅު އާދަތައް ނަކަލުކުރާފަދައިން ގޯސްކަންތައްތައްވެސް ނަކަލުކުރެއެވެ.

އަޅުގަނޑުމެންގެ ޅަދަރީން އެކުދިންގެ ނަފްސުގައި އަމިއްލަ އިތުބާރު އުފައްދާ ދަތިއުނދަގޫތަކާއި ހުރި ގޮންޖެހުންތައް ފަތަހަކޮށް ދާންވީ ރަނގަޅު މިސްރާބު ކަނޑައަޅުމުގައި މަދަރުސީ ދައުރުގެ ތަޖުރިބާ އާއި އުނގެނޭ ތައުލީމަކީ މުހިންމު ތަޖުރިބާކުރުމެކެވެ. މައިންނާއި ބަފައިން އަދި އާއިލާގެ މީހުންގެ ފަރާތުން ލިބޭ ތައުލީމާއި ހިލާފަށް ސްކޫލް މަދުރަސާތަކަކީ ރަސްމީ އަދި ޤައުމީ ފެންވަރުގައި ބަލައިގަނެވޭ ތަންތަނަށް ވީހިނދު މިތަންތަނުން ދެވޭ ތަޢަލީމަކީ ފެންވަރު ރަނގަޅު ރޫފަހެޔޮ ތަޢަލީމީ ނިޒާމެއްގެތެރެއިން ދެވޭ އޮއްޓަރުހުރި ތަޢަލީމަކަށް ހެދުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.

ތުއްތުކުދިންނަކީ އަޅުގަނޑުމެންގެ ހިތްތަކުގެ މާމެލާމެއްޔެވެ. އެކުދިން ރަނގަޅުގޮތުގައި ބަލަހައްޓައިފިނަމަ އެމާތައް ފޮޅިގެން އަންނައިރު ދުވާ ފޮނި މީރުވަހަކީ އަޅުގަނޑުމެންނަށް ފަނޑުވެގެން ނުދާނޭގޮތެއްގައި ތާއަބަދު ޖީލުން ޖީލަށް ދުވަދުވާ ހުންނާނޭވަހެކެވެ. ނަމަވެސް ފަރުވާކުޑާކުރެވިއްޖެނަމަ، މާތައް މިލާ ހަރީފުގެ ބަނަކަން މަތީގައި މުޖުތަމަޢު އެތައްހާސް އަހަރެއް ގިރާކުރަން ޖެހިދާނެއެވެ.

Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved